ތިނަދު އަށް އުދައެރުން ހައްލު ކޮށްދޭން އެދި ކުއްލި މައްސަލައެއް

މޫސުން ގޯސްވެ، ބޮޑު ދިޔައިގައި ގދ. ތިނަދު އަށް ވަރަށް ބޮޑަށް އުދަ އަރަމުންދާތީ އެކަން ހައްލު ކޮށްދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ސަނީފް ހުށަހެޅުއްވި އެ މައްސަލަ މަޖިލީހުގައި ބަހުސް ކުރުމަށް ބަލައި ގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 37 މެމްބަރުންގެ އިއްތިފާގުންނެވެ.
Thinadhoo falhugai huri dhonithah Udhayaa eku eggamah
Mihaaru
ތިނަދޫއަށް އުދަ އެރުންއެ މައްސަލައިގައި ސަނީފް ވިދާޅުވީ، ތިނަދު އަށް އުދައެރުމުގެ ސަބަބުން އެ ރަށާއި އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުންގެ މުދަލަށާއި ތަކެއްޗަށާއި އާއްމު ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމަށެވެ. މިއީ، ކޮންމެ އަހަރަކު މަދުވެގެން ހައެއްކަ ފަހަރު ދިމާވަމުންދާ އަދި ހައްލެއް ލިބިފައި ނުވާ އާންމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މީގެ ސަބަބުން ބައެއް ފަރާތްތަކަށް މަހަށް ނުފުރި އޮޑި މަރާމާތުކުރަން ފައިސާ އާއި ވަގުތު ހޭދަ ކުރަން ޖެހިފައި ވުމުންނާއި، އެހެނިހެން އޮޑި ދޯނި ފަހަރުތަކުން ވެސް އިސްވެ ދެންނެވުނު ތަކުލީފުތައް އުފުލަން ޖެހިފައިވުމުންނާއި، އެކަށީގެންވާ ދާއިމީ ހައްލެއް ނުލިބި މިކަން ދިގުދެމިގެން ދިއުމަކީ އެކަމުގެ ސަބަބުން ރަށުގައި ދިރުއުޅޭ 12,000 ރައްޔިތުންގެ ދިރިއުޅުމަށާއި، ކޮންމެ ހަފްތާއަކު ތިން ދުވަހު ކަހަލަ ގޮތަކަށް ފެރީތަކުން އަތޮޅުގެ އެކި ރަށްރަށުން، އެކިއެކި ބޭނުންތަކުގައި ރަށަށް އަރައި ފައިބައި ހަދާ އަތޮޅުގެ އެހެން ރަށްރަށުގެ 1،500 އެއްހާ ރައްޔިތުންނަށް ނުހަނު އުދަނގުލާއި ތުރާ ޖެހިފައިވާ އެހާމެ ނުރައްކާތެރި ކަމެއް،" ކުއްލި މައްސަލަ ހުށަހަޅުއްވަމުން ސަނީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކަމަށް ދާއިމީ ހައްލެއް ނުލިބި ދިގުލައިގެން ދާ ނަމަ ތިނަދޫގެ ރައްޔިތުންނަށާއި އަތޮޅުގެ އެހެން ރަށްރަށުން އެ ރަށަށް ދަތުރުކުރާ ރައްޔިތުންގެ ހައްގުތަކަށް ނޭދެވޭ ގޮތުގައި އަސަރު ކުރާ ކަމަށެވެ. އެހެންކަމުން އެ ކަމަށް ވީހާ ވެސް އަވަހަކަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށް ސަނީފް އެދިވަޑައިގަތެވެ.
"ތިނަދޫ އަށް އުދައެރުމުގެ މައްސަލަ އަށް އެކަށީގެންވާ ދާއިމީ ހައްލެއް ހޯދައި ދިނުމަށް ކުރަންޖެހޭ އެންމެހައި ކަމެއް ލަސްނުކޮށް ކުރުމަށާއި، އެގޮތުން ރަށުގެ ބަނދަރުގެ ބޭރު ތޮއްޓެއް ލާންޖެހޭނަމަ އެކަން ވެސް ވެވަޑައިގެންނެވި އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ކޮށްދެއްވުމަށް ސަރުކާރަށް ގޮވާލަން،" ތިނަދޫގެ ކައުންސިލަރުކަން ވެސް ކުރެއްވި ސަނީފް ވިދާޅުވި އެވެ.
އުދައިގެ ސަަބަބުން ތިނަދޫއިން އެއަތޮޅު ފެރީއަށް އެރުމަށް ބަޔަކަށް ހުރަސް އެޅިފައި: އެކަން އަހަރަކު ހަ ފަހަރު ދިމާވާ ކަމަށް ސަނީފް ވިދާޅުވި-- ޓްވިޓާ ފޮޓޯ: ތީމް
އެ މައްސަލަ މަޖިލީހުން ބަލައި ގަންނަން ފާސްވުމުން، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހާއި ހޯމަ ދުވަހު ދެކުނުގެ އަތޮޅުތަކުގައި ރާޅު ހުރީ ފަސް ފޫޓާއި ހަތް ފޫޓާ ދެމެދުގެ އުސްމިނެއްގައި ކަމަށެވެ.
"އެއީ އާންމުކޮށް ހުންނަ ވަރަށް ވުރެ އުސް،" ނަޝީދު ވިދާޅުވި އެވެ.
އާންމުން ސޯޝަލް މީޑިއާގައި އާދިއްތަ ދުވަހު އާންމުކޮށްފައިވާ ވީޑިއޯ އާއި ފޮޓޯތަކުން ފެންނަ ގޮތުގައި އުދައިގެ އުސް ބާނިތަކާ އެކު، ތިނަދޫ ފަޅުގައި ހުރި އުޅަނދުތައް ފަޅުގެ ތޮށިގަނޑާ ހަމަ އަށް އުފުލި ތޮށިގަނޑުގައި ގޮސް ޖެހެ އެވެ. އުޅަނދުތައް ސަލާމަތްކުރަން މީހުން ދިޔައީ ބުރަކޮށް މަސައްކަތްކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ