ކަންބޮޑުނުވޭ މެންބަރުން ފެއިލްނުވާކަން ރައްޔިތުން ގަބޫލުކުރޭ: ނަޝީދު

ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި ސަރުކާރު ފެއިލްވެފައިވާ ކަމަށް ބައެއް މީހުން ބުނި ނަމަވެސް ރައްޔިތުން އެކަން ގަބޫލު ނުކުރާ ކަމަށޤް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ބަޔަކު ދީފާނެ ރައްދަކަށް މެމްބަރުން ތަޅުލެވިފައި ނުތިއްބެވުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.
"ޒުވާން ޖޯޝުގައި މިކަންކަމާ ގުޅޭ ގޮތުން އަޅުގަނޑުމެން ވާހަކަ ދައްކާއިރުގައި، ފެއިލްވެއްޖެ، ނުވި، އަޅައެއް ނުލި، މި ބަސްތައް އަމާޒުވާކަށް. އެހެންވިޔަސް ކަންބޮޑުވެ ނުލައްވާ. އަޅުގަނޑުމެންގެ ރާއްޖޭގެ ގިނަ ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފު، ތިޔަ އިއްޒަތްތެރި މެމްބަރުން ފެއިލްނުވާކަން" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިފަދައިން ވިދާޅުވިއިރު އިދިކޮޅު ކޯލިޝަން އިން ވަނީ "ފެއިލްވެއްޖެ" މި ނަމުގައި ކާނިވަލުގައި ޖަލްސާއެއް ބާއްވަން ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ