މާލެގައި އުދައަރަމުންދާ ސަރަހައްދު ސާފުކުރަން ފަށައިފި

މާލެގައި އުދައަރަމުންދާ ސަރަހައްދު މާލެ ސިޓީ ކައުންސިލުން ސާފުކުރަން ފަށައިފިއެވެ.
މިއަދު ހެނދުނު މާލޭގެ އެކި ސަރަހައްދުތަކަށް ވަނީ އުދައަރާފައެވެ. އެގޮތުން އުދައަރާފައިވާ ތަންތަން ސާފު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
މިއަދު އުދައަރާފައިވާ ބައެއް ސަރަހައްދުތަކުގެ ތެރޭގައި ރާޅުގަނޑު ސަރަހައްދާއި ކާނިވާ ސަރަހައްދާއި ސިނަމާލެ ބުރިޖު ސަރަހައްދު އަދި ކިންގް ސަލްމާން މިސްކިތް ހުންނަ ސަރަހައްދު ހިމެނެއެވެ. އަދި ހައިވޭ ސަރަހައްދަށް ވެސް ވަނީ އުދަ އަރާފައެވެ.
މިދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސް ވަރެކެވެ. އެގޮތުން ދިޔަވަރު ބޮޑުވާ ވަގުތު ބައެއް ރަށްރަށް އަންނަނީ އުދައެރުމުގެ އަސަރު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ