މައިމޫނާގެ މަންމައާ ގުޅޭގޮތުން ލިބުނީ ރަނގަޅު މައުލޫމާތެއް ނޫން: ނަޝީދު

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުގެ މަންމަ ނިޔާވެއްޖެ ކަމަށް ވިދާޅުވެވުނީ ލިބިވަޑައިގެންނެވި ނުރަނގަޅު މައުލޫމާތަކުން ކަމަށާއި އެކަމަށް ޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މާފަށް އެދިވަޑައިގެންފިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ކޮންމެ ދުވަހަކު މައިމޫނާ ކުރައްވާ ބުރަ މަސައްކަތް ހިތްޕުޅަށް އަރާވަޑައިގަންނަވާ ކަމަށާއި ހާއްސަކޮށް މި ދަނޑިވަޅުގައި މަންމަ ބަލިވުމުން ވާނެ ގޮތް އިހުސާސް ކުރެއްވޭ ކަމަށެވެ.
އަދި މިއަދު ތައުޒިޔާ ވިދާޅުވެވުނީ ލިބިވަޑައިގެންނެވި ނުރަނގަޅު މައުލޫމާތަކުން ކަމަށާއި އެކަމަށްޓަކާ ނިހާޔަތަށް މާފަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރައީސް ނަޝީދު ވަނީ މައިމޫނާގެ މަންމަ އަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.
ރައީސް ނަޝީދު މިފަދައިން ޓްވީޓް ކުރެއްވީ، ލިބިވަޑައިގެންނެވި ނުރަނގަޅު މައުލޫމާތަކަށް ބިނާ ކުރައްވާ މައިމޫނާއަށް މިއަދު ތައުޒިޔާ ވިދާޅުވެ ޓްވީޓެއް ކުރެއްވުމާއެކު އެކަން މީޑިއާތަކުގެ ސަމާލުކަމަށް އައުމުންނެވެ.
މިކަމާ ގުޅިގެން ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މައިމޫނާގެ މަންމަ ނިޔާވެއްޖެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތައުޒިޔާ ވިދާޅުވެފައި ވަނީ އޮޅުމަކުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ