ދިރާގު ޕްލޭ އަށް ސޮނީގެ ޗެނަލްތައް

ދިރާގުން ތައާރަފުކުރި މުނިފޫހިފިލުވުމުގެ އެޕްލިކޭޝަން "ދިރާގު ޕްލޭ" މެދުވެރިކޮށް ސޮނީގެ ޗެނަލްތައް ބަލައިލެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ދިރާގު ޕްލޭ އަކީ ލައިވް ޓީވީ އާއި ވީޑިއޯ އޮން ޑިމާންޑުގެ ކޮންޓެކްޓު ބަލައިލެވޭ އެޕެކެވެ. މީގައި ފަހުގެ ސްޓްރީމިން ހިދުމަތްތަކުގައި އެކުލެވޭ ޒަމާނީ ފީޗާތައް ހިމަނާފައިވެ އެވެ.
މި އެޕުން ޕްރޮގުރާމްތައް ކުރީބައިގައި ރިކޯޑް ކުރުމާއި ބޭނުންވާ ޕްރޮގުރާމެއް ފަހުން ބަލައިލަން ބޭނުން ނަމަ އެ ޕްރޮގުރާމެއް ބަލައި ވެސް ލެވޭނެ އެވެ. މީގެ އިތުރުން ޕްރޮގްރާމް ކުރިއަށްދާ ވަގުތު އެ ޕްރޮގްރާމް އަލުން ފަށައިގެން ބަލަން ބޭނުންވާ ނަމަ އެ ހިދުމަތް ވެސް ލިބޭނެ އެވެ.
ދިރާގު ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތައާރަފު ކުރި މި އެޕްލިކޭޝަނަށް ބޭނުން ކުރުމަށް ސަބްސްކްރައިބް ކުރަން ޖެހޭނެ އެވެ. އެގޮތުން މި އެޕްގެ މުޅިން އާ ޕެކޭޖެއް ކަމަށްވާ "ޕްލޭ މޯ" ޕެކޭޖް، އިންޓްރޮޑަކްޓަރީ އޮފާގެ ދަށުން 30ރ. އަށް ސަބްސްކްރައިބް ކޮށްލެވޭނެ އެވެ. މި ޕްކޭޖްގައި ކަސްޓަމަރުންނަށް މިހާރު 34 ޗެނަލް ބެލޭނެ އެވެ.
މި އެޕްލިކޭޝަން މިހާރު https://bit.ly/31LwuFZ މެދުވެރިކޮށް ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރުން ހިލޭ ޑައުންލޯޑްކުރެވޭނެ އެވެ.
ދިރާގުން އަންނަނީ ކަސްޓަމަރުންނަަށް ފޯރުކޮށްދޭ މުނިފޫހި ފިލުވުމުގެ ހިދުމަތަތައް އިތުރަށް ފުރިހަމަކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ހަބަރާއި ކުޅިވަރާއި ލައިފްސްޓައިލް ކޮންޓެންޓް ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ދިރާގުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ