ބިލު ނުދައްކައިގެން އެފްއޭއެމުން ކަރަންޓު ކަނޑާލައިފި

ބިލު ނުދައްކައިގެން ފުޓްބޯލް އެސޯސިއޭޝަން މޯލްޑިވްސް (އެފްއޭއެމް) އިން ކަރަންޓު ކަނޑާލައިފިއެވެ.
ސްޓެލްކޯއިން ކުރި ޓުވީޓެއްގައި ބުނީ އެފްއޭއެމުން އެ ކުންފުންޏަށް ދައްކަންޖެހޭ 6.5 މިލިއަން ރުފިޔާ ދެެއްކުމަށް އެކި ފަހަރުމަތިން އަންގާ، އެ ފައިސާދެއްކޭނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމަށް ގިނަ ފުރުސަތުތަކެއްދެވި، އެކަންވެސް ކޮށްފައި ނުވާތީ، އެފްއޭއެމް ހައުސްއިން ކަރަންޓު ކަނޑާލާފައިވާނެ ކަމުގައެވެ.
ސްޓެލްކޯއިން ބުނީ އެ ފައިސާ ނުދައްކާނަމަ، އެފްއޭއެމްގެ އެހެން އިމާރާތްތަކުންވެސް ކަރަންޓުގެ ހިދުމަތް މެދުކަނޑާލުމަށް އެ ކުންފުނިން ވިސްނަމުންދާ ކަމުގައެވެ.
އެނގިފައިވާގޮތުގައި 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެއްވެސް ކަރަންޓް ބިލެއް އެފްއޭއެމުން ދައްކާފައެއް ނުވެއެވެ. އަދި މިހާތަނަށް ދައްކަން ޖެހޭ ފައިސާ އަކީ ޖޫރިމަނާ އާއިއެކު ދައްކަން ޖެހޭ ފައިސާއެވެ.
އެފްއޭއެމް ހައުސްގެ އިމާރާތް ބާވުމުގެ ސަބަބުން އެތަނުގެ މަސައްކަތް ޗާންދަނީ މަގުގައި ހުންނަ އިމާރާތަކަށް ފަހުން ބަދަލުކޮށް، އެފްއޭއެއެމް ހައުސް ހުރި ތަނުގައި 20 ބުރީގެ އިމާރާތެއް އެޅުމަށް ނިންމި ނަމަވެސް އެކަމެއް ނުކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ