ސްކޭމްތަކުގައި ގެއްލުނު ލައްކައަކަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިފި

މި މައްސަލަތަކުގައި އާންމުންގެ އަތުން ޖުމްލަ 258,356 ރުފިޔާ ފޭރިގަނެފައިވާއިރު، ކަމާއި ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރި މަސައްކަތުން މީގެ ތެރެއިން 150,693 ރުފިޔާ ވަނީ އަނބުރާ ހޯދައިދީފައެވެ.
މިދިޔަ ހަފުތާގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި މައްސަލަތަކެވެ.
އޮންލައިން ވިޔަފާރީގެ ސްކޭމްތައް އިތުރުވަމުންދާތީ، ވިޔަފާރިކުރާއިރު މުދާ ވިއްކާ ފަރާތްތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ. ޚާއްޞަކޮށް، ނޭނގޭ ފަރާތްތަކަށް ކުރިއާލާ ފައިސާ ފޮނުވުމުން ދުރުހެލިވުމަށާއި، މުދާ ލިބޭނެކަން އިތުރު ގޮތްގޮތުން ކަށަވަރު ކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ.
ސްކޭމްގެ މައްސަލަތައް ރިޕޯޓުކުރުމަށް ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރާއި "125" ހޮޓްލައިން ވަނީ ހުޅުވާލާފައެވެ. ބޭންކުތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން، ގެއްލޭ ފައިސާ އަނބުރާ ހޯދުމަށާއި ކުށްވެރިން އަތުލައިގަތުމަށް އަވަސް ނިޒާމެއްގެ ތެރެއިން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ