އައްޑޫގެ މޭޔަރުކަމުގެ، ޝައުގުވެރިކަން ފާޅުކޮށް އީނާ ބުނީ ޒިންމާ އަދާކުރުމުގައި ފަހަތަށް ނުޖެހޭނެކަމަށް! އާއްމުންނަށް ބޮނޑޮގޭ އާޓް ގެލެރީ ބަލައިލުމުގެ ފުރުސަތު، ހުޅުވާލައިފި ޕީއެސްއެމްގެ އެމްޑީކަމުން އިސްތިއުފާދެއްވި ނަސްރީން ޑެޕިއުޓީ މިނިސްޓަރަކަށް! މައުލ

ސާފު ތާހިރު ނޫންގޮތެއްގައި ކުރުނބާ ފަނި ތައްޔާރުކޮށް ޑެލިވަރީ ކުރުމުގެ މަސައްކަތް ކުރި ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ބުނީ އިއްޔެ ދިވެހި ފުލުހުންގެ ހިދުމަތާއި ގުޅިގެން ހިންގި މި އޮޕަރޭޝަނެއްގައި ބިދޭސީން ދިރިއުޅޭ ތަނެއް ބަލައި ފާސްކޮށް، ބަންގްލަދޭޝް 2 ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މި އޮޕަރޭޝަނާއި ގުޅޭގޮތުން ފުލުހުން ބުނީ، ތަން ބަލައި ފާސްކުރިއިރު، ގިނަ އަދަދެއްގެ ކުރުނބާ އާއި ހުސްފުޅިތަކެއް ފެނިފައިވާ ކަމަށެވެ. އަދި މި ތަނަކީ، ވިއްކުމަށް ކުރުނބާ ހަދައި އަދި ކުރުނބާ ފަނި ފުޅި ތައްޔާރުކޮށް ފިހާރަތަކަށް ޑެލިވަރީ ކުރުމުގެ މަސައްކަތް ކުރަމުންދާ ތަނެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ