ރައީސް މުއިއްޒެވެ. ދޮގުނުހައްދަވާ ހަގީގަތާ ކުރިމަތި ލައްވާށެވެ. މަނިކުފާނަށް މީހުން ކުރި އިތުބާރު ދުވަހެއް ދުަވަހަކަށް ދަނީ ދަށަށެވެ. ދެއްވި މަގާމެއްގައި ތިބި ބަޔަކު ތިބީ ލިބޭ ފައިސާކޮޅަށް ޓަކައެވެ. އިތުބާރު ކުރާތީއެއް ނޫނެވެ. ގިނަ ވަޒީރުންނާއި ސިޔާސީ ވެރިންވެސް އެކަހެރިވެލާފައި ދައްކަނީ ކަންކަން ގޯހުން ގޯހަށްދާ ވާހަކައެވެ. ކުރިފުޅު މަތީ އިސްޖަހައިގެން ތިއްބަކަސް ނެތް ތަންތާ ދައްކަނީ ކަމުނުދާ ވާހަކައެވެ..
އިތުބާރުގެއްލި ފުރަތަމަވެސް މަނިކުފާނާއި ވަކިވީ، ތިޔަ މަގާމަށްމަނިކުފާނު އިންތިޚާބު ކުރުމަށް ގިނަ ރައްޔިތުން ވޯޓުދިން ސަބަބު، ކަމަށްވާ ރައީސް ޔާމީނެވެ. ރައްޔިތުން އިތުބާރުކޮށް ވޯޓުދިނީ އިންޑިޔާ އައުޓު ކެމްޕޭނާއި، ގެއްލުނުކަމަށްކީ ކަނޑު ހޯދުމަށެވެ. ކޮންމެ ރައްޔިތަކަށް ބޯހިޔާވަހީގެ ގޮތުގައި ދިންތާކުން ދިންގޮތަކަށް ލިބުމަށެވެ.، ކޮތަޅުން ޓެކުސް ނުނެގުމާއި އިތުރު ޓެކްހެއް ނުނަގާ ޓެކްސް ބޭސްފުޅާ ކުރުމަށެވެ. އަދުލު އިންސާފާއި، ކޮރަޕްޝަނާއި ފަސާދާއިން ގައުމު ސަލާމަތް ކުރާށެވެ.
އިންޑިޔާގެ ދެރަ ބޭހުގެ ބަދަލުގައި، ޔޫރަޕުގެ މޮޅު ބޭހާއި، ބެންކޮކާއި ދުބާއިން ދިވެހި ރައްޔެތުންނަށް ބޭސްފަރުވާ ކުރުމަށެވެ. ގައުމު އޮތް ހާލަތު އެނގޭ ކަމަށް ވިދާޅުވަމުން، ލިބިފައި ހުރި ފެހި ސިގުނަލް ތަކާއި، ހަމަޖެހިފައި ހުރި ފައިސާއިން، ފުރަތަމަ ދުވަހުން ފެށިގެންވެސް، އެއްވެސް ޕްރޮޖެކްޓެއް ހުއްޓާ ނުލާ، އިތުރު ބިޔަ ޕްރޮޖެކްޓް ތަކާއި އެކު، މާބާރަށް ގައުމު ހިނގާލާނެ ކަމަށް ވައުދުވެ ދެއްވި ޔަގީން ކަމަށެވެ. އެއްވެސް ލޯނެއް ނުނަގާ، ފައިސާ ޗާޕު ނުކޮށް ގައުމު ހިންގަވާނެ ކަމަށެވެ.
އެހެން ނަމަވެސް ދެއަހަރު ވެގެންދާއިރު، މިއިން އެއްކަމެއް ނުކުރެވި، އަދިވެސް ތިޔަ އުޅުއްވަނީ ކުރީސަރުކާރުން ނުނެއްޓެވިގެނެވެ. އެއްކަލަ އިންޑިޔާގެ އުނގައްވެސް ވެއްޓި، އެ ހެލްކޮޕްޓަރާއި ސިފައިން އަދިވެސް އެބަތިއްބެވެ. ޗާގޯސް މައްސަލައާއި، ހޯދަންބުނި ކަނޑުގެ ސަރަހައްދާއި، ޔޫރަޕް މޮޅުބޭހައި، ބޭންކޮކް ދުބާއީ ބޭސް ފަރުވާއާއި ތުރުކީ މޮޅު ކާޑު ވެސް ވީ ބިލާހަށެވެ. ކޮތަޅުން ޓެކްސްވެސް ނަގައެވެ.
އެއްވެސް އެއްބަސް ވުމެއް ހާމައެއްވެސް ނުކުރެވުނެވެ. ފައިސާ ޗާޕުނުކޮށް، ޑޮލަރެއް ވިހި ބާވީހަށްވެސް އަރުވައިފިއެވެ. ގައުމުގައި މާސިންގާ ބޮޑެތި ވައްކަން އާއްމުވެ، ބިލިޔަނުން ތިޔަދަނީ ލޫޓުވަމުންނެވެ. ކުރައްވަން ވިދާޅުވި އެއްކަމެއް ނުކުރައްވާ ނުކުރައްވަން ވިދާޅިވިހާ ކަމެއް ކުރަމުންނެވެ. 2 އަހަރު ވީއިރު 120 ބިލިޔަނަށްވުރެ ބޮޑު ބަޖެޓް ހުސްވެ ފެންހިފޭ ކަމެއް ނުކުރައްވައެ.
ދައުރު ދެބައިނުވެ އިތުބާރު ބޮޑުތަނުން ގެއްލިއްޖެއެވެ. ސަރުކާރުގެ ބާރާއި ދައުލަތުގައި ފައިސާ އޮތިއްޔާ ޖަލްސާއަށް މީހުން އެއްކުރެވި ދާނެއެވެ. އެކަމު އެއީ ތާއީދެއް ނޫނެވެ. ގައުމުގެ ގިނަ ރައްޔިތުންގެ ރުހުމާއި ލޯތްބާއި ތާއީދެއް މިއަދަކު މަނިކުފާނަކަށް ނެތެވެ. އިތުރަށް ގޯސްތައް ނުހައްދަވާ އަވަހަށް އިސްތިއުފާ ދެއްވާށެވެ.
ރައީސް މުއިއްޒަށް: މީހުން އެއްކޮށްގެން ދޮގު ނުހަދާ ފައިބާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ