އާރްޔަންއަށް ލިބުނު އެވޯޑާ އެކު ބެލުންތެރިންނަށް ޝުކުރު
ދާދިފަހުން ނެޓްފްލިކްސްގައި ޕްރީމިއާކުރި ވެބް ސީރީޒް "ދަ ބޭޑްސް އޮފް ބޮލީވުޑް"އިން އާރްޔަން ޚާންއަށް އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ލިބިއްޖެއެވެ. ޑައިރެކްޓަރެއްގެ ގޮތުގައި ފިލްމު އިންޑަސްޓްރީއަށް އާރްޔަން ތައާރަފުވި ކެރިއަރުގެ ފުރަތަމަ ވެބް ސީރީޒްއިން އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ލިބުނީ ދާދިފަހުން ބޭއްވި "ހަންގާމާ އޯޓީޓީ އެވޯޑްސް"އިންނެވެ. އަރިއަން އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ކާމިޔާބުކޮށްފައިވަނީ އެންމެ މޮޅު އޮރިޖިނަލް ސީރީޒް ގެނެސްދީގެންނެވެ. މި އަހަރުގެ ސެޕްޓެންބަރު މަހު ނެޓްފްލިކްސްއަށް އާރްޔަން އުފެއްދި ވެބް ސީރީޒަކީ އޭނާ އަމިއްލައަށް ސްކްރިޕްޓް ތައްޔާރުކޮށް އާއިލީ ޕްރޮޑަކްޝަން ކުންފުނި ރެޑް ޗިލީސް އެންޓަޓެއިންމަންޓްއިން ގެނެސްދިން އުފެއްދުމެކެވެ. ވެބް ސީރީސް "ދަ ބޭޑްސް އޮފް ބޮލީވުޑް"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ އާރްޔަންއަށް އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ލިބުމާ ގުޅިގެން އޭނާ ވަނީ ބޮލީވުޑް ހަންގާމާގެ އޯޓީޓީ އެވޯޑްސްގެ ހިންގުންތެރިންނަށް ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން، ބެލުންތެރިންގެ ފަރާތުން އާރްޔަންގެ އަލަތު ވެބް ސީރީޒަށް ލިބުނު ހޫނު ތަރުހީބަށް ވެސް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ. ފިލްމު ޑައިރެކްޝަނަށް މުޅިން އަލަށް ޒުވާނަކަށް ލިބުނު މި އެވޯޑާ އެކު އެ ދާއިރާއިން ކުރިއަށްދިއުމަށް އިތުރު ހިތްވަރެއް ލިބިއްޖެ ކަމަށް އާރްޔަން ވަނީ ބުނެފައެވެ. ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ "ދަ ބޭޑްސް އޮފް ބޮލީވުޑް" އަކީ ބޮލީވުޑްގެ ހަލަބޮލިކަން ބެލުންތެރިންނަށް ތަސައްވަރުކޮށްދިނުމުގެ ގޮތުން އެ އިންޑަސްޓްރީތެރޭ ހިނގާ ކަންކަމާ ގުޅުންހުރި ގޮތަކަށް އާރްޔަން ގެނެސްދިން ވާހަކައެކެވެ. އާރްޔަންއަށް މި ސީރީސްއިން އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ލިބުނުއިރު ރާގަވް ޖުޔާލް ކުޅުނު ރޯލުން އޭނާއަށް ވަނީ ބްރޭކްތުރޫ ޕާފޯމާ އޮފް އިޔާ މޭލްގެ އެވޯޑު ލިބިފައެވެ. އެންމެ މޮޅު ސަޕޯޓިންގް އެކްޓަރުގެ އެވޯޑު ލިބިފައި ވަނީ މި ވެބް ސީރީޒުން ބޮޑު މަގުބޫލުކަމެއް ލިބުނު ކުރީގެ އެކްޓަރު ރަޖަތު ބޭދީ އަދި އަންޔާ ސިންގްއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ