ކޮޅިގަނޑެއްގައި ފެންފުށްޓަށް ގެއްލުންތަކެއް ވެއްޖެ

އިއްޔެ އެރި ކޮޅިގަނޑެއްގެ ސަބަބުން ފެންފުށްޓަށް ގެއްލުންތަކެއް ވެއްޖެއެވެ.
އިއްޔެ ފެންފުށްޓަށް އެރި ކޮޅިގަނޑެއްގެ ސަބަބުން އެރަށުން ދެ ބަނބުކެޔޮ ގަހާއި ރުކެއް ވެއްޓިފައިވެއެވެ. އެއް ބަނބުކެޔޮ ގަސް ވެއްޓިފައި ވަނީ ގެއެއްގެ ފުރާޅު މައްޗަށެވެ. އެ ގޭގެ ފުރާޅަށް ގެއްލުންތަކެެއް ވަނީވެފައެވެ.
ފެންފުށީގެ ކައުންސިލްގެ ނައީބް ރައީސް މޫސާ އަލީ “ވަގުތު“ އަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ ފުރާޅަށް ބަނބުކެޔޮ ގަސްވެއްޓިވާ ގޭގެ ކޮޓަރި އަށް އެކި ވަރުގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި އިތުރުގެއަކަށް ގެއްލުންވެފައި ނުވާކަމަށްވެސް އެރަށު ކައުންސިލުން ވިދާޅުވިއެވެ.
މޫސާ އަލީ ވިދާޅުވެފައިވާގޮތުގައި، ކޮޅިގަނޑުގައި އިއްޔެ ގެއްލުންވި ގޭގެ ފުރާޅު އެރަށު ކައުންސިލާއި އާންމުންގެ ރައްޔިތުން ގުޅިގެންވަނީ ވަގުތުން ބަދަލުކޮށްފައެވެ.
އަދި ފެންފުށީގެ އާންމު ހާލަތު މިހާރު ރަނގަޅު ކަމަށާއި މޫސުން ވެސް ރަނގަޅު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މޫސާ އަލީ އިތުރަށް ވިދާޅުވީ މިކަމާއި ގުޅޭގޮތުން ކަމާ ބެހޭ އިދާރާތަކަށް ރިޕޯޓް ފޮނުވާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ