އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުން ކާމިޔާބު ވާނީ އެންމެ މަގްސަދެއް ނޫން - ނަޝީދު

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ސިޔާސަތު އިން ކާމިޔާބު ވާނީ އެންމެ މަގްސަދެއް ނޫން ކަމަށް ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި ގުޅޭގޮތުން މިހާރު ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެންނެވެ. އަދި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.
ރައީސް ނަޝީދު މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ސިޔާސަތުން ކާމިޔާބުވާނީ އެންމެ މަގުސަދެއް ނޫންކަމަށެވެ. ނަޝީދު ވިދާޅުވީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުން ބިދޭސީ މަސައްކަތްތެރިން އަގުބޮޑުވެ ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެކަމަށެވެ.
"ސަރުކާރުގެ ވަޒީފާއަށް އެދޭ ވަރު މަދުވެ، ޚަރަދުތައް ކުޑަވާނެ. އެހެން ސަރަހައްދުތަކުގައި ވަޒީފާ އިތުުރުވެ، މާލެއަށް ތޮއްޖެހުން ކުޑަވާނެ". ނަޝީދު ވިދާޅުވިއެވެ.
އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ހާއްސަ ބޯޑެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ އުފައްދަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ