ހާނިއްކަވުމުގެ ސަބަބުން ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ނުކުޅެވިދާނެ ކަމުގެ ބިރުހީވި ނަމަވެސް ފްރާންސްގެ އާސެނަލް ޑިފެންޑަރު ވިލިއަމް ސަލީބާ މުޅިން ފިޓްވެއްޖެ ކަމަށް ފްރާންސް ޓީމުން ބުނެފި އެވެ.
އެންމެ ފަހުގެ ޗެމްޕިއަން ޓީމުން އޭނާ އަށް ނުކުޅެވޭނެ ކަމަށް ބަލައި އެންމެ ފުރަތަމަ ސްކޮޑުން އޭނާ އުނިކުރަން ވެސް މަޝްވަރާ ކުރި އެވެ. ނަމަވެސް 25 އަހަރުގެ ޑިފެންޑަރުގެ އުނަގަނޑަށްވީ ތަދު މިހާރު މުޅިން ފިލައިފި ކަމަށް ފްރާންސް ޓީމުން ބުނެ އެވެ. މިހެންވެ ހޯމް ދުވަހު ނޯދަން އަޔަލޭންޑާ ދެކޮޅަށް އޭނާ ލައްވައި ކުޅުވަން ވެސް ކޯޗު ޑިޑިއޭ ޑެޝޯން ވަނީ ނިންމާފަ އެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު މިދިޔަ މަހުގެ 29 ވަނަ ދުވަހު ނިންމާފައި ފްރާންސް ޓީމު ގުޅުނު ފަހުން ސަލީބާ މިހާތަނަށް ބައިވެރިވީ އެންމެ ދެ ފަރިތަ ކުރުންތަކުގަ އެވެ. ނަމަވެސް އޭނާ އަކީ ކޯޗު ޑެޝޯންގެ ޓީމުގެ އެންމެ މުހިންމު އެއް ޑިފެންޑަރު ކަމުން އެންމެ ފަހު ވަގުތާ ހަމައަށް ބެލުމަށްފަހު ނޫނީ ޓީމުން އޭނާ އުނިނުކުރަން ނިންމީ ވެސް ކޯޗެވެ.
ފްރާންސް ޓީމުން ބުނީ އެންމެ ފަހުގެ މެޑިކަލް ރިޕޯޓްތަކުން ދައްކާ ގޮތުގައި ސަލީބާގެ ހާނިއްކަ މިހާރު އެއްކޮށް ރަނގަޅު ވެއްޖެ އެވެ.
ވޯލްޑް ކަޕުގައި ފްރާންސް ހިމެނެނީ ސެނަގާލް އާއި އިރާގާއި ނޯވޭއާއެކު ގްރޫޕް އައިގަ އެވެ.
ފްރާންސްގެ ސަލީބާ ފިޓްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ