2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި އިންސާފު ކުރުމަށް ހަމަޖެހިފައި ފާހަގަކޮށްލެވޭ ސޯމާލިއާގެ ރެފްރީއެއް ކަމަށްވާ އުމަރު އަރްތާން އެމެރިކާއަށް އެތެރެވުން އެގައުމުގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީން މަނާކޮށްފިއެވެ.
މިކަމުގެ ސަބަބުން ވޮޝިންޓަނުން ގެންގުޅޭ ދަތުރުފަތުރުގެ ހަރުކަށި ސިޔާސަތުތަކާއި، އޭގެ ސަބަބުން މުބާރާތަށް ކުރާނެ އަސަރުތަކާ މެދު ގިނަ ބައެއްގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ.
ސޯމާލިއާއަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެގައުމަށް އެތެރެވުން މަނާކޮށްފައިވާ ގައުމުތަކުގެ ލިސްޓުގައި ހިމެނޭ ގައުމެކެވެ. މީގެ ކުރިންވެސް ޓްރަމްޕް ވަނީ ސޯމާލިއާގެ ރައްޔިތުންނާ ބެހޭގޮތުން ހުތުރު ބަސްތައް ބޭނުންކޮށް، ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައެވެ.
އެމެރިކާގެ މި ނިންމުމާ ގުޅިގެން ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް (ކެއާ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޖަމާއަތުން ބުނިގޮތުގައި ނަސްލަކަށް ނުވަތަ ގައުމިއްޔަތަކަށް ބަލައި މީހުން އެގައުމަށް އެތެރެވުން މަނާކޮށްގެން ނުވާނެއެވެ.
މި މައްސަލައިގައި ފީފާގެ ބަހެއް އަދި ލިބިފައި ނުވާއިރު، އެމެރިކާގެ ބޯޑަރު ކޮންޓްރޯލް އިދާރާއިން ބުނެފައިވަނީ ވޯލްޑް ކަޕްގައި ބައިވެރިވާ އެތުލީޓުންނާއި އޮފިޝަލުންނަށް ވިޔަސް، އެގައުމަށް އެތެރެވުމުގެ ހުއްދަ ދޭނީ ގައުމީ ސަލާމަތަށް ބެލުމަށްފަހު ވަކިވަކި ކޭސްތަކަށް ބަލާފައި ކަމަށެވެ.
ވޯލްޑް ކަޕަށް ދިޔަ ސޯމާލިއާގެ ރެފްރީއަކު އެމެރިކާއަށް އެތެރެވުން މަނާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ