އިހަވަންދޫ ފުއްޓަރު އުފާ މައިޒާނުގެ ބިންގާ އަޅައިފި
ހއ. އިހަވަންދޫގައި ތަރައްޤީކުރާ "ފުއްޓަރު އުފާ" މައިޒާނުގެ ބިންގާ އަޅައިފި އެވެ.މި ހިތްފަސޭހަ މައިޒާނުގެ ބިންގާ އަޅުއްވައިދެއްވާފައިވަނީ މިއަދު ހަވީރު އެކަމަށްޓަކައި ހއ. އިހަވަންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު އެވެ. މި ރަސްމިއްޔާތުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެ ރަށު އާމިނާދިޔޯ ސިއްހީ މަރުކަޒުގައި ޑައިލިސިސް ހިދުމަތް ފައްޓަވައިދެއްވައި، އެ ޚިދުމަތް ދިނުމުގެ އިންތިޒާމުތައް ބައްލަވައިލައްވާފަ އެވެ."ފުއްޓަރު އުފާ" މި މައިޒާނަކީ އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އޭ.ކޭ.އެޗް ފައުންޑޭޝަން ގުޅިގެން ތަރައްގީކުރާ ތަނެކެވެ. މި މައިޒާން ގާއިމުކުރަނީ އިހަވަންދޫ އާމިނާދިޔޯ ސިއްޙީ މަރުކަޒުކައިރީގައި ޢޮންނަ ރަށުގެ ފުއްޓަރު ފަރާތުގައެވެ. މިއީ އިހަވަންދޫގައި އަލަށް މީހުން އާބާދުވާން ފަށާފައިވާ ސަރަހައްދެކެވެ.އިތުރަށް ކިޔާލަން: އިހަވަންދޫއަށް އަންނަ ތަރައްގީ ފެނި ހޯރަފުށީ ކައުންސިލަރެއްގެ މަރުހަބާ..!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ