ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި ފެށި ގެދޮރުވެރިޔާ މަޝްރުއުގެ ދަށުން އެޅި 4،000 ފްލެޓުގެ ތެރެއިން މީހުން ދިރިއުޅެން ފެށި ފްލެޓެއްގެ އާއިލާއަކުން ދިން ދައުވަތަކަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 14 ވަނަ ޓަވަރުގައި ހުންނަ އެ ފްލެޓަށް އިއްޔެ ޒިޔާރަތްކުރައްވައިފި އެވެ.
ފެސް 2 ގެ އަމާން އުދަރެސްގެ އެ ފްލެޓަށް ސޯލިހު ކުރެއްވި ޒިޔާރަތުގައި ފްލެޓުގައި ދިރިއުޅޭ އާއިލާއާއެކު ވަގުތު ކޮޅެއް ހޭދަކުރައްވާ އެ ފްލެޓު ހިމެނޭ ޓަވަރުގެ ބައެއް ފްލޯތައް ވެސް ބައްލަވާލެއްވި އެވެ.
އެ ޒިޔާރަތުގެ ތެރެއިން ފަހި ޔޫނިއަނުން ވަނީ ސޯލިހުއާ ބައްދަލުކުރައްވައި ފްލެޓް އެއްބަސްވުމުގައި ސޮއިކޮށް، ޑިޕޮޒިޓް ދެއްކި ފަރާތްތަކަށް ވެސް ފްލެޓް ހަވާލުނުކޮށް ދިގުލައިގެންދާކަމުގެ ޝަކުވާ ހިއްސާކޮށްފަ އެވެ.
އޭގެ އިތުރުން ފްލެޓް ލިބިފައިވާ ބައެއް މީހުން ލިސްޓުން އުނިކޮށްފައިވާތީ އެކަން ވެސް ސޯލިހުއާ ވަނީ ހިއްސާކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4،000 މީހުންނަށް ފްލެޓު ލިބެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ ފުލެޓު ތަކެވެ.
ދެ ކޮޓަރީގެ ފްލެޓަކަށް މަހު ކުލީގެ ގޮތުގައި ދައްކަން ޖެހެނީ 7،000ރ. އެވެ. މެއިންޓެނެންސް ފީގެ ގޮތުގައި ދައްކަން ޖެހެނީ މަހަކު 1،000ރ. އެވެ. ތިން ކޮޓަރީގެ ފްލެޓަކަށް މަހު ކުލީގެ ގޮތުގައި ދައްކަން ޖެހެނީ 9،000ރ. އެވެ. މެއިންޓެނެންސް ފީގެ ގޮތުގައި ދައްކަން ޖެހެނީ 1،500ރ. އެވެ.
އެއީ ކޮންމެ މަހެއްގެ ވެސް 10 ގެ ކުރިން ކުލި ދައްކާ ފަރާތްތަކުން ދައްކަންޖެހޭ އަދަދެވެ. 10 އަށްވުރެ ފަހުން ކުލި ދައްކާ ނަމަ އެއަށްވުރެ ކުލި ބޮޑުވާނެ ކަމަށް އެފްޑީސީން ވަނީ ބުނެފަ އެވެ.
ގެދޮރުވެރިޔާގެ ދެ ކޮޓަރީގެ ފްލެޓަކަށް ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 15،000ރ. ދައްކަންޖެހޭއިރު، ތިން ކޮޓަރީގެ އެޕާޓުމެންޓަކަށް ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ޖެހެނީ 25،000ރ. އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންނަށް އެ ތަންތަން ސަރުކާރުން ހަވާލު ކުރަނީ 25 އަހަރުދުވަސް ވަންދެން އެފްޑީސީއަށް ކުލި ދެއްކުމުން މިލްކުވާ ގޮތަށެވެ.
މީހުން ދިރިއުޅެންފެށި އާ ފްލެޓަކަށް ސޯލިހު ޒިޔާރަތްކުރައްވައިފި މީހުން ދިރިއުޅެންފެށި އާ ފްލެޓަކަށް ސޯލިހު ޒިޔާރަތްކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ