ޓެންޒޭނިއާގެ ރައީސް %97 ވޯޓާއެކު އިންތިޚާބު ކާމިޔާބުކުރަށްވައިފި

އިރުމަތީ އެފްރިކާގެ ޤައުމެއްކަމަށްވާ ޓެންޒޭނިއާގައި މި ހަފުތާގައި ހިނގި ހަމަނުޖެހުންތަކާއެކު ބޭއްވުނު އިންތިޚާބުގައި، މިހާރުގެ ރައީސް ސާމިޔާ ސުލޫހޫ ހަސަން ވަނީ ބޮޑު ތަފާތަކުން ކާމިޔާބު ހޯއްދަވާފައިވާ ކަމަށް ހޮނިހިރު ދުވަހު ރަސްމީކޮށް އިޢުލާންކުރެވިފައިވެއެވެ.
ރައީސް ސީސް ސާމިޔާ ސުލޫހޫ ހަސަން ވެރިކަމާ ހަވާލުވެވަޑައިގަތީ 2021 ވަނަ އަހަރު ކުރީގެ ރައީސް އަވަހާރަވުމާ ގުޅިގެންނެވެ.
ޓެންޒޭނިއާގެ އިންތިޚާބީ ކޮމިޝަނުން ހާމަކުރެއްވިގޮތުގައި، ރިޔާސީ އިންތިޚާބުގައި ރައީސް ހަސަން ވަނީ 31.9 މިލިއަނަށްވުރެ ގިނަ ވޯޓު ނުވަތަ ޖުމްލަ ވޯޓުގެ 97.66% ހޯއްދަވައި، ކުރިއަށް އޮތް ފަސް އަހަރުގެ ދައުރެއް ކަށަވަރުކުރައްވާފައެވެ.
ޓެންޒޭނިއާގެ ރައީސް ހޮވުމަށާއި ޕާލަމަންޓަށް މެންބަރުން ހޮވުމަށް ބުދަ ދުވަހު ބޭއްވުނު ވޯޓުލުމުގެ ތެރޭގައި ހަމަނުޖެހުންތައް ފެތުރިގެން ދިޔައެވެ. މީޑިއާ ރިޕޯޓުތަކުން ފާހަގަކުރިގޮތުގައި، މުޒާހަރާކުރި ފަރާތްތަކުން ރައީސް ހަސަންގެ ބެނަރުތައް ނަގައި، ސަރުކާރު އިމާރާތްތަކާއި ފުލުހުން ކަރުނަގޭސް އަދި ބަޑިޖެހުމަށް ބޭނުންކުރި ތަންތަނުގައި އަލިފާން ރޯކޮށްފައިވެއެވެ.
މުޒާހަރާކުރި ފަރާތްތަކުގެ ރުޅިވެރިކަން އަމާޒުވެފައިވަނީ އިންތިޚާބީ ކޮމިޝަނުން ރައީސް ހަސަންގެ އެންމެ ބޮޑު ދެ ވާދަވެރިންނަށް އިންތިޚާބުގައި ވާދަކުރުމަށް ފުރުސަތު ނުދިނުމުންނެވެ.
މި ނަތީޖާ އަށްފަހު ވެރިރަށް ޑޮޑޯމާގައި ދެއްވި ތަޤުރީރެއްގައި ރައީސް ހަސަން ވިދާޅުވީ މުޒާހަރާކުރި ފަރާތްތަކުގެ ޢަމަލުތަކަކީ "ޒިންމާދާރު އަދި ޤައުމީ ލޯބި ހުރި ޢަމަލުތަކެއް ނޫން" ކަމަށެވެ.
ޓެންޒޭނިއާގެ މައި އިދިކޮޅު ޕާޓީ، ޗަޑެމާއިން ހުކުރު ދުވަހު ބުނެފައިވަނީ މުޒާހަރާތަކުގައި ސަތޭކައަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ. ޗަޑެމާއަށް އިންތިޚާބުގައި ވާދަކުރަން ފުރުސަތު ދީފައިނުވާއިރު، އަދި އެ ޕާޓީގެ ލީޑަރުގެ ވަނީ އޭޕްރީލް މަހު ޣައްދާރުވުމުގެ ކުށުގައި ހައްޔަރުކޮށްފައެވެ.
އދ.ގެ އިންސާނީ ޙައްޤުތަކުގެ އޮފީހުން ބުނެފައިވަނީ އިތުބާރުހުރި ރިޕޯޓުތަކުން ދައްކާގޮތުން އިންތިޚާބީ ހަމަނުޖެހުމުގައި މަދުވެގެން 10 މީހުން ތިން ސިޓީއެއްގައި މަރުވެފައިވާ ކަމަށެވެ.
އިންތިޚާބީ ކޮމިޝަނުން ހާމަކުރިގޮތުގައި، ޤައުމުގެ 37.6 މިލިއަން ރަޖިސްޓަރީކޮށްފައިވާ ވޯޓުދޭ މީހުންގެ ތެރެއިން 87% އާ ކައިރި އަދަދެއް ވޯޓުލާފައިވެއެވެ. މި އަދަދު ސަރުކާރުގެ ފާޑުކިޔާ ފަރާތްތަކުގެ ސަމާލުކަން ވަނީ ހޯދާފައެވެ. އެފަރާތްތަކުން ފާހަގަކޮށްފައިވަނީ ރައީސް ހަސަންގެ ކުރީގެ ރައީސް ޖޯން މަގުފުލީ 2020 ވަނަ އަހަރު ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވީ 15 މިލިއަނަށްވުރެ މަދު މީހުން ވޯޓުލައި، އޭގެތެރެއިން 12.5 މިލިއަން ވޯޓާއެކު ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުން، ބުދަ ދުވަހު ވޯޓުލުމުގައި ބައިވެރިވެރިވީ މަދު މިންވަރެއްގެ މީހުންނެވެ. އަދި މުޒާހަރާތަކުގެ ސަބަބުން ބައެއް ވޯޓުލާ މަރުކަޒުތަކުގެ މަސައްކަތަށް ހުރަސްއެޅިފައިވެއެވެ.
65 އަހަ އަހަރުގެ ރައީސް ހަސަން، 2021 ވަނަ އަހަރު އޭރުގެ ރައީސް މަގުފުލީގެ އަވަހާރަވުމާ ގުޅިގެން ވެރިކަމާ ހަވާލުވުމަށްފަހު ސަރުކާރުގެ އަނިޔާވެރިކަން މަޑުޖެއްސެވުމުން ބައިނަލްއަޤްވާމީ ތަޢުރީފު ލިބިވަޑައިގެންނެވިއެވެ. ނަމަވެސް ފަހަކަށްއައިސް އިދިކޮޅު ޕާޓީތަކާއި ޙައްޤުތަކަށް ވަކާލާތުކުރާ ހަރަކާތްތެރިންގެ ފާޑުކިޔުމާ ކުރިމަތިލައްވާފައިވަނީ ވާދަވެރިން ހައްޔަރުކުރުމާއި ރަހީނުކުރިކަމަށް ތުހުމަތުކުރެވޭ ސިލްސިލާއަކާ ގުޅިގެންނެވެ. ފާއިތުވި އަހަރު، ރައީސް ހަސަން ވިދާޅުވެފައިވަނީ ރަހީނުކުރުމުގެ ރިޕޯޓުތަކާ ގުޅޭގޮތުން ތަޙްޤީޤެއް ކުރިއަށްގެންދިއުމަށް އަމުރުކުރައްވާފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެއްވެސް ރަސްމީ ހޯދުންތަކެއް ހާމަކުރެވިފައެއް ނުވެއެވެ.
އިންތިޚާބީ ކެމްޕޭނުގައި، ރައީސް ހަސަން ފާހަގަކުރެއްވީ މަގުތަކާއި ރޭލްވޭ ނެޓްވޯކު ތަރައްޤީކުރުމާއި ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުރުކުރެއްވުމުގައި ހާސިލުކުރެވިފައިވާ ކާމިޔާބީތަކެވެ.
ބައިނަލްއަޤްވާމީ އިންތިޚާބު މޮނިޓަރުންގެ ފަރާތުން އިންތިޚާބާ ގުޅޭގޮތުން ރަސްމީ ބަޔާނެއް އަދި ނެރެފައިނުވިނަމަވެސް، ސަރަޙައްދީ އިންތިޚާބު ބެލުމުގެ މިޝަންތަކުންކުން ވަނީ އިންތިޚާބީ މާޙައުލާ ގުޅޭގޮތުން ކަންބޮޑބޮޑުވުން ފާޅުކޮށްފައެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ