ނަޝީދު ހުޅުމީދޫގައި

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އައްޑޫ ހުޅުމީދު އަށް ވަޑައިގެންފި އެވެ.
މީދޫ ބަނދަރުން ނަޝީދަށް އެ އަވަށު ކައުންސިލަރު ހުސައިން ފައިޒް އާއި އެމްޑީޕީގެ ސަޕޯޓަރުންތަކެއް މަރުހަބާކީ ނަމަވެސް، މާ ގިނަ ބަޔަކު ނަޝީދަށް މަރުހަބާކިޔާކަށް ނުނިކުމެ އެވެ.
ހުޅުމީދު އަށް ނަޝީދު ކުރައްވާ ދަތުރުގެ ތެރެއިން ޕާޓީގެ މެމްބަރުންނާ ބައްދަލުކޮށް، އެމްޑީޕީގެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެ އެވެ. އެގޮތުން މިރޭ ހުޅުމީދޫގެ އެމްޑީޕީގެ މެމްބަރުންނާ އެކީ ހާއްސަ ބައްދަލުވެއް ބާއްވަން ވެސް ހަމަޖެހިފައިވެ އެވެ.
ނަޝީދު އައްޑު އަށް ވަޑައިގަތީ މިދިޔަ ބުދަ ދުވަހު އެވެ. އެއީ ގައުމީ ޔުނިވަސިޓީގެ ހިތަދޫ ކެމްޕަނުން ކްލައިމެޓް ޗޭންޖާ ގުޅޭ ގޮތުން ކުރިއަށް ގެންދިޔަ ސެމިނާއެއްގައި ބައިވެރިވެވަޑައިގަތުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ