ސާއިދަށްވުރެ ބާރަށް ދުވެ އިބާދުﷲ އަށް ބޮޑު ކުރިއެރުމެއް

ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި އެތުލެޓިކްސްގެ 100 މީޓަރު ދުވުމުގައި ރާއްޖޭގައި އުފެދުނު އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދަށް ވުރެ ބާރަށް ދުވެ، ޒުވާން ދުވުންތެރިޔާ އިބާދުﷲ އާދަމް ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ.
މި ފަހަރުގެ ގޭމްސްގެ 100 މީޓަރު ދުވުމުގެ ހީޓް އެކެއްގައި ސާއިދު ދުވިއިރު، އޭނާ ރޭސް ނިންމާފައިވަނީ 10.60 ސިކުންތުންނެވެ. މިއީ މި އަހަރުގެ މިހާތަނަށް ސާއިދު ދުވި އެންމެ ބާރު މިންވަރެވެ. އެކަމަކު ހީޓް ފަހެއްގައި ވާދަކުރި އިބާދުﷲ ވަނީ 10.54 ސިކުންތުން ރޭސް ނިންމާފައެވެ. މިއީ 100 މީޓަރުގެ ރޭހެއް އިބާދުﷲ މިހާތަނަށް ނިންމި އެންމެ އަވަސް ވަގުތެވެ.
މި އިވެންޓުގެ ގައުމީ ރިކޯޑު ސާއިދުގެ އަތުގައި އަދިވެސް އޮންނައިރު، އޭނާ ރިކޯޑު ހަދާފައިވަނީ 10:33 ސިކުންތުން ދުވެގެންނެވެ. ސާއިދަކީ ރާއްޖޭގެ އެތުލެޓިކްސްގެ ތާރީޚު ދުށް އެންމެ ކާމިޔާބު ދުވުންތެރިޔާއެވެ.
މި ފަހަރުގެ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ސާއިދަށްވުރެ ބާރަށް އިބާދުﷲ ދުވުނުއިރު، އޭނާ ވަނީ 2020 ވަނަ އަހަރު ޖޫނިއާ 100 މީޓަރުގެ ދުވުމުގެ ރިކޯޑުވެސް މުގުރާލާފައެވެ. އިބާދުﷲ އަންނަނީ ފަހަކަށް އައިސް ގައުމީ އެތުލެޓިކްސް ޓީމުގައި ހިމެނި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކޮށް، ރަނގަޅު ކުރިއެރުންތަކެއް ހޯދަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ