ގިނަ އަދަދެއްގެ ފައިސާ އާއި ޑްރަގާ އެކު ހަ މީހަކު ހައްޔަރުކޮށްފި، ތިން މީހެއްގެ ކުށުގެ ރެކޯޑު އޮވޭ

ރޭވިފައިވާ ބޮޑު ނެޓްވޯކެއްގެ ތެރެއިން މަސްތުވާތަކެތި ޓްރެފިކް ކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހަ މީހަކު ހައްޔަރު ކޮށްފިއެވެ.
ވަކިވަކިން ކްރިމިނަލް ކޯޓުން ނެރެފައިވާ ކޯޓު އަމުރުތަކުގައިވާ ގޮތުން، ފުލުހުން ހައްޔަރުކުރީ:
ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުތަކުގައިވާ ގޮތުން، ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނެއްގައި ބަލައި ފާސްކުރުމުން އެކި ގޮތްގޮތަށް ޕެކުކޮށް ހަދާފައިވާ މަސްތުވާތަކެއްޗާ އެކު ގިނަ އަދަދެއްގެ ފައިސާ ފެނިފައިވެއެވެ. ނަމަވެސް ފެނުނީ ކިހާ އަދަދެއްގެ ފައިސާއެއް ކަން ހާމަކޮށްފައެއް ނުވެއެވެ.
ކޯޓު އަމުރުގައި ބުނީ، ބަލައި ފާސްކުރި ތަންތަނުން މަސްތުވާތަކެތި ޕެކްކުރުމަށް ބޭނުންކުރާ ސެލޯފެނާއި މެޝިންތަކާއި ކައްޓާތައް ފެނިފައިވާ ކަމަށެވެ.
ބަންދުގެ މުއްދަތު ޖަހަން ހަ މީހުން ހާޒިރުކުރުމުން، އަދީމް ވަނީ އެ ފުލުހުންގެ އޮޕަރޭޝަންގައި ފެނުނު ފައިސާ އާއި މަސްތުވާތަކެއްޗަކީ އޭނާގެ ތަކެތި ކަމަށް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފްވެފައެވެ. އެހެންކަމުން ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް ހުކުމްކޮށްފައިވާ ކަމަށް، ކޯޓު އަމުރުގައިވެއެވެ.
އެ މައްސަލައިގައި ހައްޔަރުކުރި އަމްޖަދާއި ނާޝިދުގެ އިތުރުން ޝާޒަށް 30 ދުވަހުގެ ބަންދެއް ޖަހާފައިވާއިރު، މި ތިން މީހުންނަކީ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑު އޮތް ތިން މީހުންނެވެ. އަދި ޖިހާދާއި އައިމަނަށް ޖަހާފައި ވަނީ 25 ދުވަހުގެ ބަންދެކެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ބަލައި ތަހްގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ