މުލަކު ސްކޫލްގެ އެތްލެޓިކްސް މުބާރާތުގެ އެއްވަނަ އާސްމާން ހައުސް ހޯދައިފި

މ މުލަކު ސްކޫލްގެ ދެ ވަނަ އެތްލެޓިކްސް މުބާރާތުގެ އެއްވަނަ އާސްމާން ހައުސް ހޯދައިފި އެވެ.
ހުސްވި ޖެނުއަރީ މަހުގެ 27 އިން 5 ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ މިމުބާރާތް ނިންމުމުގެ ގޮތުން މުލަކު ދަނޑުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.
މި ރަސްމިއްޔާތުގައި ވަނީ އެއްވަނަ އައި ހައުސްއަށާއި އިތުރު ވަނަ ވަނަ ހޯދި ހައުސްތަކާއި ދަރިވަރުންނަށް ތައްޓާއި ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.
މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މ. އަތޮޅު ޕޮލިސް ކޮމާންޑާ ސްޓާފް ސާޖެންޓް އަބޫބަކުރު މުހައްމަދު އެވެ.
މުލަކު ސްކޫލްގެ ހުރިހާ ހައުސްތައް ބައިވެރިވި މި މުބާރާތުގައި ޓްރެކް އިވެންޓްތަކާއި ފީލްޑް އިވެންޓްތައް ކުރިއަށް ގެންދިޔައެވެ. އޭގެ ތެރޭގައި ލޯންގް ޖަންޕް، ޖެވެލިން، ޑިސްކަސް އަދި ޝޮޓް ޕުޓް ހިމެނެއެވެ.
ދަރިވަރުންގެ ކުޅިވަރުގެ ހުނަރުތައް ތަރައްގީ ކުރުމަށް ފުރުސަތު ހުޅުވާލުމުގެ ގޮތުން ކޮންމެ އަހަރަކު ބާއްވާ މި މުބާރާތް މިއަހަރު ކުރިއަށް ގެންގޮސްފައިވަނީ ހަތަރު އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 9 އަހަރުން ދަށާއި، 12 އަހަރުން ދަށާއި، 15 އަހަރުން ދަށާއި، އަދި 15 އަހަރުން މަތީގެ އުމުރުފުރާތަކެވެ.
މިއަހަރުގެ މުބާރާތުގެ ތަފާތު ހަރަކާތްތަކުގައި މުލަކު ސްކޫލްގެ ޖުމްލަ 220 ދަރިވަރުން ބައިވެރިވެ ވާދަ ކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ