ޢާއިލާގެ ތިރީސްދެމީހުން ތަފާތު 5 ގެއެއްގަ ދިރިއުޅެމުންގެންދާ ޢާއިލާއަކުން ޕޮޒިޓިވް ނުވެ މިހާރު ތިބީ 3 ކުޑަކުދިން! ސަމާލުކަން އިތުރުކުރަންޖެހިފަ!

ކޮވިޑް ޖެހޭ މީހުންގެ އަދަދު ކޮންމެ ދުވަހަކު ބޮޑުތަނުން އިތުރުވަމުން އަންނައިރު ކޮންމެ މީހަކުވެސް އެމީހެއްގެ މައިންބަފައިންނަށާއި ޢާއިލާއަށްޓަކައި ކޮށްދޭންވީ ކަމަކީ ކޮންމެހެން ގެއިން ބޭރުގައި އުޅެން ޖެހިގެން ނޫނީ ގެއިން ބޭރުގައި ނުއުޅުމެވެ. 
ވަޒީފާއަށް ދާންޖެހޭ މީހުން މަސައްކަތު ދިއަ ނަމަވެސް މަސައްކަތުގަޑީގައިވެސް އޮފީސް ނޫން ތަނަކަށް، މަސައްކަތުގައި ކޮންމެހެން ދާންޖެހޭ ތަނަކަށް ނޫނީ ނުގޮސް، މަސައްކަތް ނިމުނުހާ އަވަހަކަށް ގެއަށް ދިއުމެވެ. އެމީހަކީ ގެއަށް ބާޒާރުކުރަންޖެހޭ މީހަކު ނަމަ އޮފީހުން ގެއަށްދާ މަގުމަތީގައި ބާޒާރުކޮށްލައިފިނަމަ ބާޒާރުކުރަން ނުކުންނަން ޖެހުން މަދުވާނެއެވެ. 
މިއަދުވެސް އެކިއެކި ކަންކަމުގައި ގުޅާލެވުނު ބައެއް މީހުން ތިބީ އެމީހުންގެ މައިންބަފައިންނަށް ކޮރޯނާ ޖެހިގެން އެޑްމިޓްކުރުމުން މައިންބަފައިންގެ ގާތުގައި ހޮސްޕިޓަލުގައި ބަންދުވެފައެވެ. މައިންބަފައިންނަށް ކޮރޯނާ ޖެހުނީތީ ނުހަނު ހިތާމައިގައެވެ. 
މީގެ އިތުރުން ބައެއް ޢާއިލާތަކުގައި މައިންބަފައިންވަނީ ކޮރޯނާއަށް ޕޮޒިޓިވްވެފައެވެ. ދަރިން ތިބި ޙާލުވަނީ ސުވާލެއްގެ ތެރޭގައެވެ. ޢާއިލާގެ 32 މީހުން ތަފާތު 5 ގެއެއްގައި ދިރިއުޅެމުންގެންދާ ޢާއިލާއަކުން ބުނީ 32 މީހުންގެ ތެރެއިން ޕޮޒިޓިވް ނުވެ މިހާރު ތިބީ 3 ކުޑަކުދިން އެކަނި ކަމަށެވެ. 
މިޙާލަތުގައި ކޮންމެ މީހަކުވެސް އެމީހެއްގެ ޢާއިލާ އާއިމެދު ވިސްނައިލުން ރަނގަޅުކަން ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ