ހުޅުމާލެ ފޭސް 2 ގައި ސާމްޕަލް ސެންޓަރެއް، ހުންނާނީ އެޗް 8 ޓަވަރު ކައިރީގައި

ހުޅުމާލެ ފޭސް 2 ގައި ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ޕީސީއާރު ސާމްޕަލް ނަގާ ސެންޓަރެއް ހަދައިފި ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން (އެޗްޕީއޭ) ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ ހުޅުމާލެ ފޭސް 2 ގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްގެ، އެޗް 8 ޓަވަރު ކައިރީ ހަދައިފައިވާ ސާމްޕަލް ނަގާ ސެންޓަރު މިއަދު މެންދުރުފަހު 3:30 ގައި ހުޅުވާނެ ކަމަށެވެ. އަދި އެ ސެންޓަރު ހުޅުވައިފާ ހުންނާނީ ކޮންމެ ދުވަހަކުވެސް މެންދުރުފަހު 3:30 އިން 6:30 އަށް ކަމަށް އެޗްފީއޭއިން ވަނީ ބުނެފައެވެ. އެޗް 8 ޓަވަރަކީ ފޭސް 2 ގައި ހަދާފައިވާ އިރުމަތީ ބަސް ސްޓޮޕް ކައިރީގައި ހުންނަ ޓަވަރެވެ.
މީގެ އިތުރުން މާލެ ސަރަހައްދުގައި ފްލޫ ކްލިނިކްގެ ގޮތުގައި 3 ތަނަކުން ހިދުމަތް ދޭއިރު، ސާމްޕަަލް ނަގާ 5 ސެންޓަރެއްގެ ހިދުމަތްވެސް އެބަދެއެވެ.
ސެނަހިޔާ: ހުކުރު ދުވަސް ފިޔަވާ ހެނދުނު 10 - ރޭގަނޑު 10 އަށް އަދި ހުކުރު ދުވަހު ހަވީރު 4 - ރޭގަނޑު 10
ވިލިމާލެ ފްލޫ ކްލިނިކް: ކޮންމެ ދުވަހަކު ހެނދުނު 9 - މެންދުރުފަހު 1:30
ހުޅުމާލެ ފްލޫ ކްލިނިކް: ކޮންމެ ދުވަހަކު ހެނދުނު 8 - ރޭގަނޑު 9
ހުޅުމާލެ ފޭސް 2 ގެ އެޗް 8 ކައިރި: ކޮންމެ ދުވަހަކު މެންދުރުފަހު 3 - ރޭގަނޑު 6:30
ހެންވޭރު ދަނޑު: ކޮންމެ ދުވަހަކު މެންދުރުފަހު 3 - ރޭގަނޑު 6:30
ވިލިމާލެ ފްލޫ ކްލިނިކް: ކޮންމެ ދުވަހަކު ހަވީރު 4 - ރޭގަނޑު 6:30
ސޯސަލް ސެންޓަރު: ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 9 - މެންދުރު 12 އަށް އަދި މެންދުރުފަހު 3 - ހަވީރު 6 މީގެ އިތުރުން ހުކުރު ދުވަހު މެންދުރުފަހު 3 - ހަވީރު 6
ހުޅުމާލެ ރުއްގަނޑު 1: ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 9 - މެންދުރު 12 އަށް އަދި މެންދުރުފަހު 3 - ހަވީރު 6 މީގެ އިތުރުން ހުކުރު ދުވަހު މެންދުރުފަހު 3 - ހަވީރު 6
މީގެ އިތުރުން އެފްއޭއެމް ބިލްޑިން، ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދޭ ކްލިނިކެއްގެ ގޮތުގައި ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 10 ކުން ހަވީރު 6 ހުޅުވާފައި ހުންނައިރު ހުކުރު ދުވަހު މެންދުރުފަހު 3 ކުން ހަވީރު 6 ކަށް ހުޅުވާފައި ހުންނާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ވަގުތުން ނަތީޖާ ލިބޭ އެންޓިޖެން ޓެސްޓް މިހާރު ކޮވިޑް ޓެސްޓު ހަދާ ބައެއް ސެންޓަރުތަކުން ވަނީ ހަދަން ފަށާފައެވެ. އެގޮތުން ސޯޝަލް ސެންޓަރާއި ސެނަހިޔާ އާއި ހުޅުމާލެ ރުއްގަނޑު 1 ސަރަހައްދުގައި ގާއިމު ކޮށްފައިވާ ސާމްޕަލް ސެންޓަރުން އެންޓިޖެންޓް ޓެސްޓު ހެދޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ