185000 އެމެރިކާ ޑޮލަރަށް އަތްދަބަހެއް ވިކިއްޖެ

ދުނިޔޭގައި މިހާތަނަށް ދެވަނަ އަށް އެންމެ އަގުބޮޑުކޮށް ވިކުނު އަތްދަބަހުގެ ރެކޯޑް ހާމްސް ބްރޭންޑްގެ އަތްދަބަހަކުން ހޯދައިފި އެވެ.
އަގުބޮޑު އެއްޗެއްހި އުފެއްދުމަށް މަޝްހޫރު ހާމްސް އިން ކިނބޫގެ ހަން ބޭނުން ކޮށްގެން އުފެއްދި އަތްދަބަހެއް 185000 އެމެރިކާ ޑޮލަރު (ދެމިލިއަން އަށްލައްކަ ސާޅީސް ފަސްހާސް ތިންސަތޭކަ ރުފިޔާ) އަށް ވިއްކާލައިފި އެވެ.
އިއްޔެ ވިއްކުނު މިދަބަސް އުފެއްދުމަށް ކިނބުލުގެ ހަމުގެ އިތުރުން 18 ކެރަޓްގެ ހުދު ރަން ވެސް ބޭނުން ކޮށްފައި ވެއެވެ.
މިއަތްދަބަސް ގަތް ފަރާތެއް ހާމައެއް ނުކުރެއެވެ. ނަމަވެސް ހާމްސް އިން ބުނެފައި ވަނީ ދަބަސް ގަތީ އަގުބޮޑު ތަކެތި އެއްކުރުމަށް ލޯބިކުރާ މީހެއް ކަމަށެވެ. އަތްދަބަސް ވިއްކާލާފައި ވަނީ އެމެރިކާގެ ނިއުޔޯކްގައެވެ.
އާދަޔާ ހިލާފު ބޮޑު އަގެއްގައި ހާމްސް އިން އަތްދަބަހެއް ވިއްކާލިއިރު މިއީ ދެވަނަ އަށް އެންމެ އަގުބޮޑުކޮށް ވިކުނު އަތްދަބަހެވެ. އެންމެ އަގުބޮޑުކޮށް އަތްދަބަހެއް ވިކިފައި ވަނީ 2011 ވަނަ އަހަރު އެވެ. އެއަތްދަބަސް ވިކިފައި ވަނީ 203150 އެމެރިކާ ޑޮލަރަށެވެ.
ހާމްސް އިން އިއްޔެ ވިއްކާލި އަތް ދަބަސް ވިކިފައި ވަނީ އެދަބަސް ވިކޭނެ ކަމަށް ކުރިން ލަފާކުރި ވަރަށްވުރެ 150000 އެމެރިކާ ޑޮލަރު ބޮޑު ކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ