ހޯމް މިނިސްޓަރ އިތުރުފުޅު ހައްދަވާފައިވާކަމަށް ޔާމީން ވިދާޅުވެއްޖެ

އަދީބްގެ މައްސަލައިގައި ހޯމް މިނިސްޓަރ އައްޝައިހް އިމްރާން އަބްދުﷲ އިތުރުފުޅު ހައްދަވާފައިވާކަމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރިޓިކްސް (އެމްޓީޑީ) ގެ ނައިބު ރައީސް ޔާމީން ރަޝީދު ވިދާޅުވެއްޖެއެވެ
މިއަދު އެމްޓީޑީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔާމީން ވިދާޅުވީ އަދީބު ޖަލަށް ގެންދެވުނީ "ހޯމްލީ އެންވާރްމެންޓް" އެއްގައި ބަހައްޓަން ޑޮކްޓަރު ލަފާދެއްވި މުއްދަތު ހަމަވުމުން ކަމަށް ބުނެ އައްޝައިހް އިމްރާން އަބްދުﷲ ދައްކަވާފައިވާ ވާހަކަ އަކީ އިތުރުފުޅެއް ކަމަށެވެ
މީގެ އިތުރުން ޔާމީން ވިދާޅުވީ އަދީބު އަނބުރާ ޖަލަށް ގެންދިޔައީ ކުރިން ފަރުވާ ދިނުމަށްފަހު ދީފައިވާ ލިޔުމަކަށް ބަލައިގެން ކަމަށެވެ. އަދި  އަދީބަށް އައިޖީއެމްއެޗް އިން ފަރުވާ ދިނުމަށްފަހު ގޭބަންދަށް ދޫކުރުމުގެ ގޮތުން ޑޮކްޓަރު ދީފައިވާ ލިޔުމުގައި ހަ ހަފްތާ ނުވަތަ ހަތް ހަފްތާ ގޭ ބަންދުގައި ބަހައްޓައިގެން  ފަރުވާ ދިން ނަމަވެސް، ލިޔުމުގައި ވާ މުއްދަތަށް ވުރެ އިތުރަށް އަދީބް ގޭގައި ބަހައްޓައިގެން ފަރުވާ ދޭން ޖެހިދާނެ ކަމަށް ޑޮކްޓަރު ލަފާދެއްވާފައިވާ ކަމަށެވެ
މީގެ އިތުރުން އެމްޓީޑީ އިންވަނީ ސަރުކާރުން އަދީބަށް ދޭންޖެހޭ ފަރުވާ ދިނުމުގައި އިހުމާލުވެފައިވާކަމަށް ބުނެފައެވެ. އަދި އެ ޕާޓީންވަނީ މިކަނަތައް ރަގަޅު ކުރުމަށާއި ފަހުން ޑޮކްޓަރު ދިން ލިޔުމަށް އަމަލުކުރުމަށް، ސަރުކާރަށް ގޮވާލާފައެވެ
.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ