"ޕަތީ ޕަތުނީ އޯރް ވޯ" ގައި ކާތިކް އާރިޔަން އާއި އަނަންޔާ ޕާންޑޭ

ޒުވާން އެކްޓަރު ކާތިކް އާރިޔަން އާއި މި އަހަރު ބޮލީވުޑަށް ތައާރަފުވާ ބަތަލާ އަނަންޔާ ޕާންޑޭއާ ބެހޭ ގޮތުން އެކި ވާހަކަތަކެއް ދެކެވޭތާ މިހާރު ދުވަސްކޮޅެއްވެއްޖެ އެވެ. ދެ މީހުން އެކީގައި އުޅެނިކޮށް ވަރަށް ގިނައިން ފެނިފައިވެ އެވެ.
އެހެންވެ މިއީ އަނެއްކާ ވެސް ލޯބީގެ ޖޯޑެއްތޯ، މީޑިއާތަކުގައި އުފައްދާ ސުވާލުތައް ގިނަ އެވެ. ނަމަވެސް މިހާރު މި ވަނީ ކާތިކާއި އަނަންޔާ ބައްދަލުކުރާ ސީދާ ސަބަބު ސާފުވެ އެވެ. ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ދެ ތަރިން މިހާރު މާ ގިނައިން އެކީގައި ފެންނަކީ އެކީގައި ފިލްމަކަށް ތައްޔާރުވަމުން އަންނާތީ އެވެ. އެ ފިލްމަކީ ކުރީގެ މަޝްހޫރު ފިލްމެއް ކަމަށްވާ "ޕަތީ ޕަތުނީ އޯރް ވޯ" ގެ ރިމެކް އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި 1978 ގައި ރިލީޒް ކުރި ފިލްމުގައި ސަންޖީވް ކަޕޫރް ކުޅުނު ރޯލް ކާތިކަށް ހުށަހަޅާފައިވާ އިރު، އޭނާ ސިއްރު ލޯބީގެ ގުޅުމެއް ބާއްވާ އޮފީސް ސެކްރެޓަރީ ރަންޖީތާ ކޯރްގެ ރޯލް ވަނީ އަނަންޔާ އަށް ހުށަހަޅައިފަ އެވެ. އެހެންވެ ދެ ތަރިން މިހާރު ފެންނަލެއް ގިނައީ ފިލްމާ ބެހޭ ގޮތުން މަޝްވަރާ ކުރެވި، ސްކްރިޕްޓް ރީޑިން ސެޝަންތަކެއް ކުރިއަށްދާތީ ކަމަށް ނޫސްތަކުން ބުންޏެވެ.
ނަމަވެސް "ޕަތީ ޕަތުނީ އޯރް ވޯ" ގައި ސަންޖީވްގެ އަންހެނުންގެ ރޯލް ކުޅުނު ވިދިޔާ ސިންހާގެ ރޯލް ކުޅޭނެ ބަތަލާއަކު އަދި ސާފެއް ނުވެ އެވެ. އެކަމަކު މި ފިލްމު ގެނެސް ދޭ ޓީމުން، ދެވަނަ ބަތަލާއަކު ހޯދުމުގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރަމުން އަންނަ ކަމަށް ބޮލީވުޑް ހަންގާމާ އިން ބުންޏެވެ.
40 aharu fanun "Pati Patni aur Woh" ge remake eh hadhanee
Mihaaru
"ޕަތީ ޕަތުނީ އޯރް ވޯ" ގެ ރިމެކް ޑައިރެކްޓް ކުރާނީ މުދައްސަރު.އެ ނޫހުން ބުނި ގޮތުގައި "ޕަތީ ޕަތުނީ އޯރް ވޯ" ގެ ޕްރޮޑިއުސަރަކީ 2017 ގައި ކުރި "ބެރިލީ ކީ ބަރްފީ" ގެ ކްރިއޭޓިވް ޕްރޮޑިއުސަރު ޖޫނޯ ޗޯޕްޅާ އެވެ. އަދި މީގެ ޑައިރެކްޓަރަކީ މުދައްސަރު އަޒީޒު ކަމަށާއި ފިލްމުގެ ޝޫޓިން އަންނަ މަހު ފަށާނެ ކަމަށްވެ އެވެ.
ޗަންކީ ޕާންޑޭގެ އަންހެން ދަރިފުޅު އަނަންޔާގެ ފުރަތަމަ ފިލްމު "ސްޓޫޑަންޓް އޮފް ދި އިޔާ 2" ރިލީޒް ކުރާނީ އަންނަ މެއި މަހުގެ 10 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ