ގެސްޓްހައުސްތައް ހުޅުވާ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރު!

ގެސްޓްތައް ހުޅުވުމުން ގެސްޓް ހައުސް ހިންގާ ރަށްރަށުގައި ދިރިއުޅޭ މީހުން ބޭރަށް ނިކުމެ އުޅޭއިރު މާސްކު އެޅުން މަޖުބޫރުކޮށް ޓޫރިޒަމް ސެކްޓާ އާއި ގުޅޭ އާ އެސްއޯޕީ ނެރެފި އެވެ.
އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން، މާލެ ފިޔަވާ ރާއްޖޭގެ ގެސްޓްހައުސްތައް ހުޅުވަން ހުއްދަ ދޭން ސަރުކާރުން ވަނީ ނިންމާފައެވެ.
އެސްއޯޕީގައި ބުނެފައިވަނީ ގެސްޓްތައް ހުޅުވުމުން ގެސްޓް ހައުސް ހިންގާ ރަށްރަށުގެ މީހުން ބޭރަށް ނިކުމެ އުޅޭއިރު މާސްކު އަޅަން ޖެހޭނެ ކަމަށާއި ގިނަ މީހުން އެއްވެ އުޅޭ ތަންތަނުގައިވެސް މާސްކު އަޅަން ލާޒިމް ވާނެ ކަމަށެވެ.
މި އުސޫލުގެ ދަށުން ކަރަންޓީންވާން ޖެހޭނެ ދާއިރާ ތަކުގެ ގޮތުގައި ގެސްޓްހައުސް އޮޕަރޭޓްކުރާ ރަށަކުން ގެސްތްހައުސް އޮޕަރޭޓް ނުކުރާ އެހެން ރަށަކަށް ދާ މީހުން ކަރަންޓީންވުން ހިމަނައިފައި ވެއެވެ. ނަމަވެސް ހާއްސަ ހުއްދައެއްގެ ދަށުން މިފަދަ ރައްތަކަށް ކަރަންތީނު ވާން ނުޖެހޭގޮތައް ދެވެއެވެ. އަދި ގެސްޓްހައުސް ހިންގާ ރަށަކުން ގެސްޓްހައުސް ހިންގާ ރަށަކަށް ދިޔަކަމުގައި ވިޔަސް ކަރަންޓީނު ވާކަށް ނުޖެއެވެ.
އެސްއޯޕީ ގައި ބުނެފައިވާ ގޮތުގައި ގެސްޓްހައުސް ހިންގާ ރަށަކުން ގެސްޓް ހައުސް ނުހިންގާ ރަށަކަށް އެއްވެސް ފަތުރުވެރިންނަކަށް ނުދެވޭނެއެވެ. ރިސޯޓްތަކަށް އެ ފަތުރުވެރިންނަށް ދަތުރުކުރެވޭނެ އެވެ. އެހެން ނަމަވެސް ގެސްޓް ހައުސްތަކަށް އަންނަ ފަތުރުވެރިންނަށް ސަފާރީތަކަށް ދަތުރުކުރުން މަނާވާނެ އެވެ.
ގެސްޓު ހައުސްތައް ހުންނަ ކޮންމެ ރަށެއްގައި ފްލޫ ކްލިނިކް ގާއިމްކޮށްފައި ހުންނަން ޖެހޭ ކަމަށް ހެލްތް މިނިސްޓަރަށް ލަފާއަރުވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ވަނީ ބުނެފަ އެވެ. ޓެގްގައި ހިމެނިވަޑައިގަންނަވާ ޑރ. އަހުމަދު ޝަހީދު ވިދާޅުވީ، ގެސްޓްހައުސްތައް ހުޅުވުން ލަސްކުރީ ގެސްޓުހައުސްތަކަކީ މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ތަންތަނަށް ވުމުގެ އިތުރުން ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާ ގޮތް އިތުރަށް ބަލަން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ