ކޮވިޑަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް މީޑިއާތައް ގުޅިގެން ހާއްސަ މަސައްކަތްތަކެއް ފަށަން ނިންމައިފި

ރާއްޖޭގެ އޮންލައިން ނޫސްތަކާއި ޓީވީ، އަދި ރޭޑިއޯގެ އިތުރުން ނިއު މީޑިއާ ގުޅިގެން ކޮވިޑާ ގުޅޭ ގޮތުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް ބަލި ކޮންޓްރޯލުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަން ނިންމައިފިއެވެ.
ރާއްޖޭގެ އެޑިޓާސް ގިލްޑުން ނެރުނު ކުރު ނޫސް ބަޔާނެއްގައި ބުނީ، މި "ހާއްސަ ކެމްޕޭން" ހިންގަން ނިންމީ ރާއްޖޭގެ ކޮވިޑްގެ ހާލަތަށް އެދެވޭ ހެޔޮ ބަދަލެއް ގެނައުމަށް މީޑިއާތައް ގުޅިގެން ކުރެވިދާނެ ކަންތައްތަކެއް ފާހަގަކޮށް އެ މަގަށް މަސައްކަތް ކުރުމަށް ކަމަށެވެ.
26 އޯގަސްޓް 2020: ކޮވިޑާ މެދު ރައްޔިތުން ހޭލުންތެރިކުރުވުމަށް މީޑިއާތަކުން ގުޅިގެން ހާއްސަ މަސައްކަތްތަކެއް ފެށުމަށްޓަކައި އެކަމާ ގުޅޭ މަޝްވަރާތައް ކުރުމަށް އެޗްއޯއީސީއާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކެޓަރު ޖެނެރަލް މައިމޫނާ އަބޫބަކުރު (ކ) އަދި މުހައްމަދު މަބްރޫކް އަޒީޒް (ވ) --- ވަން ފޮޓޯ: މުހައްމަދު ހައްޔާން
އެގޮތުން ކޮވިޑާ ގުޅޭ ހަބަރާއި މައުލޫމާތު، މީޑިއާތަކުން މިހާރު ގެނެސްދޭ މިންވަރަށް ވުރެ ފުޅާކޮށް، ހުރިހާ މީޑިއާއެއްގައި އެއް ބާވަތެއްގެ މެސެޖުތަކެއް ދެވޭނެ ގޮތަކަށް މަސައްކަތް ކުރުމަކީ މި ހާއްސަ ކެމްޕޭނުގެ އަމާޒު ކަމަށް މި ބަޔާނުގައި ބުނެފައި ވެއެވެ.
ކޮވިޑާ ގުޅޭ މި ހާއްސަ މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތަކާއި އިސްކަންދޭނެ ހަބަރާއި މައުލޫމާތާ ގުޅޭ ގޮތުން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އިސް ބޭފުޅުންނާއެކު މީޑިއާތަކުން ވަނީ މިއަދު ބައްދަލުކޮށް މަޝްވަރާ ކޮށްފައި ކަމަށާއި މި މަޝްވަރާތަކުގެ އަލީގައި ކެމްޕޭނު ކުރިއަށް ގެންދާނެ ގޮތް ރާވައި އިންތިޒާމުކޮށް ހެދުމުގައި އެކިއެކި މީޑިއާތައް ހިމެނޭ ގޮތުން ސްޓިއަރިން ކޮމެޓީއެއްވެސް އެކުލަވާލައިފައިވާ ކަމަށް އެޑިޓާސް ގިލްޑުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
26 އޯގަސްޓް 2020: ކޮވިޑާ މެދު ރައްޔިތުން ހޭލުންތެރިކުރުވުމަށް މީޑިއާތަކުން ގުޅިގެން ހާއްސަ މަސައްކަތްތަކެއް ފެށުމަށްޓަކައި އެކަމާ ގުޅޭ މަޝްވަރާތައް ކުރުމަށް އެޗްއޯއީސީއާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި މިހާރު ނޫހުގެ އެޑިޓަރު މޫސާ ލަތީފު ވާހަކަދައްކަވަނީ --- ވަން ފޮޓޯ: މުހައްމަދު ހައްޔާން
26 އޯގަސްޓް 2020: ކޮވިޑާ މެދު ރައްޔިތުން ހޭލުންތެރިކުރުވުމަށް މީޑިއާތަކުން ގުޅިގެން ހާއްސަ މަސައްކަތްތަކެއް ފެށުމަށްޓަކައި އެކަމާ ގުޅޭ މަޝްވަރާތައް ކުރުމަށް އެޗްއޯއީސީއާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ސަން މީޑިއާ ގުރޫޕުގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) ވާހަކަދައްކަވަނީ --- ވަން ފޮޓޯ: މުހައްމަދު ހައްޔާން
26 އޯގަސްޓް 2020: ކޮވިޑާ މެދު ރައްޔިތުން ހޭލުންތެރިކުރުވުމަށް މީޑިއާތަކުން ގުޅިގެން ހާއްސަ މަސައްކަތްތަކެއް ފެށުމަށްޓަކައި އެކަމާ ގުޅޭ މަޝްވަރާތައް ކުރުމަށް އެޗްއޯއީސީއާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި މީޑިއާތަކުގެ އިސްވެރީން ބައިވެރިވެވަޑައިގަންނަވަނީ --- ވަން ފޮޓޯ: މުހައްމަދު ހައްޔާން
26 އޯގަސްޓް 2020: ކޮވިޑާ މެދު ރައްޔިތުން ހޭލުންތެރިކުރުވުމަށް މީޑިއާތަކުން ގުޅިގެން ހާއްސަ މަސައްކަތްތަކެއް ފެށުމަށްޓަކައި އެކަމާ ގުޅޭ މަޝްވަރާތައް ކުރުމަށް އެޗްއޯއީސީއާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ވަން މީޑިއާ ގުރޫޕުގެ އެޑިޓަރު އަދި ސީއީއޯ ސިނާން އަލީ ވާހަކަދައްކަވަނީ --- ވަން ފޮޓޯ: މުހައްމަދު ހައްޔާން
މި ހާއްސަ ކެމްޕޭނުގެ މަސައްކަތް ކުރިއަށް ދާނީ ހުރިހާ މީޑިއާތަކެއްގެ ބައިވެރި ވުމާއެކު ސްޓިއަރިން ކޮމިޓީގެ ލަފާގެ މަތިން ކަމަށްވެސް މި ބަޔާނުގައި ބުނެފައި ވެއެވެ.
ރާއްޖޭގެ މީޑިއާތަކުން އިސްނަގައިގެން، ކޮވިޑް ކޮންޓްރޯލުކުރުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްތަކެއް ކުރާން ނިންމި އިރު، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވީ މީހުންގެ އަދަދު ވަނީ 7000 އިން މައްޗަށް އަރައިފަ އެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދުވެސް ވެސް 28 އަށް އަރައިފަ އެވެ. މިހާރު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ ނިސްބަތް ހުރީ އެޗްއޯއީސީން އަންދާޒާ ކުރި ތަފާސް ހިސާބުތަކަށްވުރެވެސް މާމަތީގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ