ނާގިން 5 އަހަރެންނަށް ހުށަހެޅި: ކަރަން ޕަޓޭލް

ކަސޯޓީ ޒިންދަގީ ކޭ ގެ މިސްޓަރ ބަޖާޖުގެ ރޯލުން ފެނިގެންދާ ކަރަން ޕަޓޭލްއަށް ކަލަރސް ޓީވީ އިން ގެނެސްދޭ މަޝްހޫރު ސީރީޒު ނާގިން ހުށަހެޅިކަމަށް އޭނާ ބުނެފިއެވެ.
އީޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ކަރަން ބުނީ، އޭނާއަށް ނާގިން 5 ގެ ހުށަހަޅަން ގުޅީ، ކަސޯޓީ ޒިންދަގީކޭގެ ބަޖާޖު ރޯލުވެސް ހުށަހެޅި ދުވަސަކޮޅު ކަމަށެވެ. ކަރަން ބުނީ ނާގިން 5 ގެ ހުށަހެޅުން ގަބޫލު ނުކުރީ، އެ ސީރީޒްގައި އޭނާއަށް ދިން ކެރެކްޓަރ ދެތިން ދުވަސްތެރޭ މަރުވާތީ ކަމަށެވެ.
ކަރަން ބުނީ ދެތިން އެޕިސޯޑަށް ފަހު މަރުވުމަށްވުރެ މިސްޓަރ ބަޖާޖުގެ ރޯލު އަދާކުރުން މާ ރަނގަޅު ކަމަށެވެ. އޭރުން އޭނާގެ އެކްޓިންގް ވެސް ބޮޑަށް ފެނިގެންދާނެ ކަމަށެވެ. ކަސޯޓީ ޒިންދަގީ ކޭ އާއި ނާގިން 5 އަކީވެސް އެކްތާ ކަޕޫރުގެ ދެ ސީރީޒްއެވެ.
ކަރަން ޕަޓޭލް ވަނީ ކަސޯޓީ ޒިންދަގީ ކޭ ގައި، މަޝްހޫރު ތަރި ކަރަން ސިންގު ގްރޯވަރ ކުރީން ކުޅުނު މިސްޓަރ ބަޖާޖުގެ ރޯލު ކުޅެން ނިންމައިފައެވެ. އޭނާ ވަނީ މިހާރު ސޫޓިންތައްވެސް ފަށައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ