ހަފްތާއެއް ތެރޭ 781 ކޭސް: ގިނައީ ދިވެހިން!

މި ނިމުނު ހަފްތާގައި އެކަނި 781 މީހުން ދިވެހިރާއްޖެއިން ކޮވިޑު-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.މިގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ހިސާބުތަކުން ދައްކާގޮތުގައި 9 އޯގަސްޓު ވީ އާދީއްތަ ދުވަހުން ފެށިގެން 15 އޯގަސްޓުވީ ހޮނިހިރު ދުވަހުގެ ނިޔަލަށް 781 މީހުން ރާއްޖެއިން ކޮވިޑު-19 އަށް ޕޮޒިޓިވްވެފައިވެއެވެ. އޭގެ ތެރޭގައި 525 މީހުންނަކީ ދިވެހިންނެވެ. އެހެންކަމުން ޕޮޒިޓިވްވި މީހުންގެ 67 އިންސައްތަ އަކީ ދިވެހިންނެވެ. ދިވެހިންނަށް ފަހު ދެން އެންމެ ގިނައިން ޕޮޒިޓިވް ވެފައިވަނީ ބަންގްލަދޭޝް މީހުންނެވެ.މިހާތަނަށް މުޅި ޖުމްލަ 5679 މީހުން ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު 146 ފަރާތަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި 22 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.ރާއްޖޭގައި ކޮވިޑު-19 އާއި ގުޅިގެން 2 ބިލިއަނާއި ގާތަށް ހަރަދު ކުރިއިރުވެސް މިބަލި ރާއްޖެއިން ކޮންޓްރޯލް ކުރެވިފައި ނުވާކަން ފާހަގަކުރެވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ