ދުވަސްވީ ދެމަފިރިން އުޅޭ ގެއެއްގެ ދޮރު ހަލާކުކޮށްގެން ވަދެ ފައިސާ ވަގަށް ނަގައިފި

ގދ. ގައްދޫގައި ދިރިއުޅެމުން ދިޔަ އުމުރުން ދުވަސްވީ ދެމަފިރިއެއްގެ ގޭގެ ދޮރު ހަލާކުކޮށްގެން ވަދެ ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި އެެވެ.
ފުލުހުން ބުނީ މިވައްކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ފަތިހު 5:30 އެހާކަންހާއިރު ކަމަށެވެ. އަދި އެ ގޭގެ ދޮރު ހަލާކުކޮށްގެން ވަދެ ވަގަށް ނަގާފައިވަނީ ދިވެހި ފައިސާގެ 95،000 ރުފިޔާއާ 1،000 ޑޮލަރު ކަމަށެވެ. މި މައްސަލަ މިހާރު ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އުމުރުން ދުވަސްވެފައިވާ މީހުން އުޅޭ ގެތަކުން ވައްކަން ކޮށްގެން މީގެ ކުރިން ވެސް ފުލުހަށް ވަނީ މައްސަލަ ހުށަހަޅާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ