އޮންްލައިން ކޮށް ފައިސާ ދެއްކޭނެގޮތް ހެދުމަށް ފެނަކަ، ތައްޔާރުވަނީ

ފެނަކަ ކޯޕަރޭޝަނުން ހިދުމަތްހޯދާ ފަރާތްތަކުން އަންނަ އަހަރުގެ ތެރޭގައި އޮންލައިން ކޮށް ބިލަށް ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސާނެކަމަށްފެނަކައިން ބުނެފިއެވެ.
ފެނަކައިގެ އިންޖިނިއަރިން މަހާސިންތާ ނިންމުމުމުގެ ރަސްމިއްޔާތުގައި އިއްޔެ ވާހަކަ ދައްކަވަމުން  އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ އެކުންފުނިން ޚިދުމަތް ދެމުން އަންނަ 152 ރަށުގެ ރައްޔިތުންނަށް ފަސޭހަ ކުރުމުގެ ގޮތުން އަންނަ އަހަރުގެ ތެރޭގައި އޮންލައިން ކޮށް ބިލް ދެއްކޭނެ ގޮތް ހަމަޖައްސައިވޭނެ ކަމުގައެވެ. މީގެ އިތުރުން ރަށްރަށުގެ ކަރަންޓު ނެޓުވޯކްތައް އާކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެެންދާނެކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ސައީދު އިތުރަށް ވިދާޅުވީ ރާއްޖޭގެ ގިނަ ރަށްތައް ސަބްމެރިން ކޭބަލްއަކުން ގުޅުވާލުމުގެ މަޝްރޫއަކީ ވެސް އަނަނަ އަހަރު ކުރަން ނިންމާފައިވާ ކަމެއްކަމަށެވެ.
“ރާއްޖޭގެ ހަކަތައިގެ ދާއިރާގައި ކުރިއަށް ގެންދެވޭ އެންމެ ބޮޑު މަޝްރޫއުކަމަށް ވެގެންދާއިރު އިރާދަކުރެއްވިއްޔާމު 2020 ވަނަ އަހަރު ތެރޭގައި ބައެއް ރަށްރަށް ސަބްމެރިން ކޭބަލްއިން ގުޅުވާލުމުގެ މަސައްކަތްތައް ފައްޓާނަން،” ސައީދު ވިދާޅުވި އެެވެ.
ސަބްމެރިން ކޭބަލްއަކުން ގުޅުވާލަން ނިންމިއިރު އެގޮތަށް ގުޅުވެން ހުރި ހުރިހާ ރަަށްތަކެއް ގުޅުވާލުމަކީ އަމާޒެއްކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ