ފަގީރުންނާއި މިސްކީނުންނަށް މުދަލު ޒަކާތުގެ ފައިސާ ދޫކުރަން ފަށައިފި

ފަގީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނަށް މުދަލަތު ޒަކާތުގެ ފައިސާ ދޫކުރަން ފަށައިފި އެވެ.
އިސްލާމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އަހުމަދުﷲ ޖަމީލް ބުރާސްފަތި ދުވަހު ވިދާޅުވި ގޮތުގައި މާލޭގެ އަވަށްތަކުގައި ރަޖިސްޓްރީވެފައިވާ ފަގީރުންނާއި މިސްކީނުންނަށް ފައިސާ ދޫކުރާނީ މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ދަށުގައިވާ އާއްމު ހިދުމަތްތަކާ ބެހޭ ބައިންނެވެ. އަދި ރަށްތަކުގައި ފައިސާ ދޫކުރާނީ އެ ރަށެއްގެ ކައުންސިލް އިދާރާ އިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މާލެ އިން ބުރާސްފަތި ދުވަހު ޒަކާތް ދޫކުރަން ފެށި ނަމަވެސް ޒަކާތު ފައިސާ މިދިޔަ މަހުގެ ތެރޭގައި އަތޮޅުތަކަށް ފޮނުވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަހުމަދުﷲ ވިދާޅުވީ މާލެ އާއި ރަށްރަށުން ފަގީރުންނާއި މިސްކީނުންގެ ގޮތުގައި 49،300 އަށް ވުރެ ގިނަ މީހުން މިދިއަ އަހަރު ރަޖިސްޓްރީވެފައިވާ ކަމަށެވެ. މުދަލު ޒަކާތުން މިދިޔަ އަހަރު ފަގީރުންނާއި މިސްކީނުންނަށް ކަނޑައަޅާފައި ވަނީ 87،342.98 16،4ރ. އެވެ.
"މި އަހަރު ފަގީރަކަށް ޒަކާތުގެ ގޮތުގައި ޖެހުނީ 334ރ. އަތޮޅުތަކަށް ފޮނުވި ފައިސާ ބަހައި އަޅުގަނޑުމެންނަށް ބައެއް ރަށްތަކުން ރިޕޯޓްތައް ވެސް ލިބެމުން އެބަދޭ،" އޭނާ ވިދާޅުވި އެވެ.
އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި މުދަލުގެ ޒަކާތުގެ ގޮތުގައި މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ލިބިފައި ވަނީ މިދިޔަ އަހަރު އެވެ. މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް 2،225 މީހުން 00،478.05 36،0ރ. ދައްކާފައިވެ އެވެ. މުދަލު ޒަކާތުގެ ގޮތުގައި 2009 ވަނަ އަހަރު، ލިބިފައި ވަނީ 12،507.83 27،4ރ. ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. މިއީ 2009 ވަނަ އަހަރަށް ވުރެ ނުވަ މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
ޒަކާތް ފަންޑުން މައިގަނޑު ހަ ކަމަކަށް ހޭދަކުރާ އިރު، ކުއްލި ހާލަތްތަކުގައި ދިމާވާ ކަންތައްތަކުގައި އެހީތެރިވުމަށާއި މަތީ ތައުލީމާއި މިސްކިތްތައް މަރާމާތުކުރުން ފަދަ ކަންތައްތަކަށް ވެސް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ