ރިޝީ ކަޕޫރްގެ އެންމެ ފަހު ފިލްމު އޭނާގެ އުފަންދުވަހު ރިލީޒްކުރަނީ

ރިޝީ ކަޕޫރްގެ އެންމެ ފަހު ފިލްމު އޭނާގެ އުފަންދުވަސް ކަމަށްވާ ހަތަރެއް ސެޕްޓެމްބަރުގައި ރިލީސްކުރަން ތައްޔާރުވެއްޖެ އެވެ.
ރިޝީ އެންމެ ފަހުން ކުޅެފައިވާ ފިލްމަކީ ޝަރްމާޖީ ނަމްކީން އެވެ.
މި ފިލްމުގެ ބައެއް މަންޒަރުތައް އަދި ވަނީ ނަގައި ނުނިމި އެވެ. އޭގެ ތެރޭގައި ރިޝީ ޝޫޓު ކުރަން ޖެހޭ ބައެއް މަންޒަރުތައް ވެސް ހިމެނެ އެވެ. އެކްޓަރު ޕަރޭޝް ރަވާލް މިހާރު ވަނީ އެ މަންޒަރުތައް ކުޅެދޭން އެއްބަސްވެފައި ކަމަށް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެ އެވެ.
ކެންސަރު ބައްޔަށް ފަރުވާކުރަމުން އަންނަނިކޮށް ރިޝީ ކަޕޫރް މަރުވެފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު އެވެ. މަރުވި އިރު އުމުރަކީ 67 އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ