މަރާލާފައި އޮއްވާ ފެނުނު ބިދޭސީ މީހާގެ ހަށިގަނޑު މޯޗަރީއަށް ބަދަލުކޮށްފި

ޗާންދަނީ މަގުގައި ހުންނަ 24 ނަންބަރު އިމާރާތުގެ ހަ ވަނަ ފަންގިފިލާގައި މަރާލާފައި އޮއްވާ ފެނުނު ބިދޭސީ މީހާގެ ހަށިގަނޑު މޯޗަރީއަށް ބަދަލުކޮށްފިއެވެ.
ސީއެންއެމްއަށް މައުލޫމާތު ލިބިފައި ވާގޮތުގައި އޭނާގެ ހަށިގަނޑު އައި.ޖީ.އެމް ހޮސްޕިޓަލުގައި ބޭއްވުމަށް ފަހު މޯޗަރީއަށް ބަލަދު ކޮށްފައިވަނީ ރޭ 23:30 ހާއިރުއެވެ. ފުލުހުންވެސް ވަނީ އޭނާގެ ހަށިގަނޑު މޯޗަރީގައި ބާއްވާފައި ވާކަން ކަށަވަރު ކޮށްދީފައެވެ.
ފުލުހުން ބުނީ އޭނާގެ ހަށިގަނޑު މޯޗަރީގައި ބާއްވާފައި ވަނީ އާއިލާއިން ހަށިގަނޑު ބޭނުންވާނަމަ ރާއްޖޭގައި އޭނާ ގެންގުޅުނު ކޮންޕެނީން އެ ހަށިގަނޑު އެ ގައުމަށް ފޮނުވުމަށް ކަމަށެވެ.
ފުލުހުން އިއްޔެ ބުނެފައިވަނީ މަރާލާފައި އޮއްވާ ފެނިފައި ވަނީ ބަގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 25 އަހަރުގެ މުނީރުލް އިސްލާމެވެ. އޭނާ މަރާލާފައި އޮތްއިރު ބޭރު ފުށުން ވެސް ބޮޑެތި ޒަހަމްތަކެއް ފެންނަން ހުރި ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ