ހުޅުމާލެ ޖަލުން ނެގި 30 ރެންޑަމް ސާމްޕަލް ވެސް ނެގެޓިވް

ޖަލުތަކަށް ކޮވިޑް 19ގެ އަސަރުކޮށްފައިވާ މިންވަރު ދެނެގަތުމައްޓަކައި، ހުޅުމާލެ ޖަލުން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަށަވަރުކޮށްފައީވާ ކަމަށް މޯލްޑިވްސް ކަރެކްޝަން ސާވިސް އިން ބުނެފިއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރާއި ކަރެކްޝަންސް ގުޅިގެން ހުޅުމާލެ ޖަލުން ރެންޑަމް ސާމްޕަލްތައް ނަގާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
އެގޮތުން އެޖަލުގައި ތިބި ގައިދީންގެ ތެރެއިން 15 މީހެއްގެ ސާމްޕަލް އާއި ޑިޓެއިނީސްގެ ގޮތުގައި ތިބި ފަސް ބިދޭސީންނާއި 10 އޮފިސަރުންނާއި މުވައްޒަފުންގެ ގައިން ސާމްޕަލް ނެގިއެވެ.
ހުޅުމާލެ ޖަލުގެ އިތުރުން މާލޭ ޖަލާއި މާފުށީ ޖަލާއި އަދި ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުން ވެސް ރެންޑަމް ސާމްޕަލް ވަނީ ނަގައިފައެވެ.
އެ ހުރިހާ ޖަލަކުން ގަައިދީންނާއި ބަންދު މީހުން އަދި އޮފިސަރުންނާއި މުވައްޒަފުން ހިމެނޭގޮތަށް ޖުމްލަ 140 ސާމްޕަލް ނަގާފައިވާއިރު އެ ހުރިހާ ސާމްޕަލެއްގެ ނަތީޖާ ވެސް ވަނީ ކޮވިޑަށް ނެގެޓިވް ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ