ޔޫއޭއީއިން ސެނިޓައިޒް ކުރަން ބޭނުންކުރާ ދެ ޓްރަކް ރާއްޖެއަށް ހަދިޔާކޮށްފި

ސެނިޓައިޒްކުރަން ބޭނުންކުރާ ދެ ޓްރަކް ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ރާއްޖެއަށް ހަދިޔާކޮށްފި އެވެ. މިއީ ކޮވިޑް19އާ ދެކޮޅަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީވުމުގެ ގޮތުން ޔޫއޭއީ އިން ފޯރުކޮށްދިން އެހީއެކެވެ. މިތަކެތި ބޭނުންކުރަން ހަމަޖެހިފައި ވަނީ މީހުން އެއްވެ އުޅޭ ސަރަހައްދުތައް ޑިސްއިންފެކްޓު ކުރުމަށެވެ. މިތަކެތި ހަދިޔާ ކޮށްދިނުމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޔޫއޭއީއަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި މިތަކެތީގެ ސަބަބުން ކޮވިޑް19އާ ދެކޮޅަށް ކުރަމުންދާ މަސައްކަތް އިތުރަށް ވަރުގަދަ ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ. https://twitter.com/abdulla_shahid/status/1310839359629746176 ޔޫއޭއީ އިން މީގެ ކުރިން ވެސް ވަނީ ކޮވިޑް19އާ ދެކޮޅަށް މަސައްކަތް ކުރުމަށް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން އެގައުމުން ވަނީ 72 ޓަނުގެ ބަރުދަން ހުރި މެޑިކަލް އިކުއިޕްމަންޓްގެ ޝިޕްމަންޓެއް ޖޫން މަހު ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. މިތަކެތީ އަގަށް ފަސް މިލިއަން ޑޮލަރު އަރަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ