ފުރާ މީހުންނަށް 5 ހޮސްޕިޓަލަކުން ކޮވިޑް ޓެސްޓު ހެދޭނެ، އެންމެ އަގު ހެވީ އޭޑީކޭގައި

ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް 5 ހޮސްޕިޓަލަކުން އަގު ދައްކައިގެން ޓެސްޓުކުރެވޭނެ އިންތިޒާމު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހަމަޖައްސައިފިއެވެ. މީގެ ކުރިން އެޗްޕީއޭއިން ވިސްނާފައިވަނީ ރާއްޖޭގެ އަމިއްލަ ދެ ހޮސްޕިޓަލު ކަމުގައިވާ ޓްރީޓޮޕާއި އޭޑީކޭގައި ޓެސްޓުކުރެވޭ ގޮތް ހަމަޖެއްސުމަށެވެ. ފަހުން އެޗްއީއޯސީ މެދުވެރިކޮށް އައިޖީއެމްއެޗުން ޓެސްޓުކުރެވޭނެ އިންތިޒާމު ހަމަޖެއްސިއެވެ. މިހާރު ދަތުރުވެރިންނަށް ފުރުމުގެ ކުރިން 5 ހޮސްޕިޓަލަކުން އަގު ދައްކައިގެން ޓެސްޓުކުރެވޭ ގޮތްވަނީ ހަމަޖައްސާފައެވެ. #COVID19 PCR testing labs for travelers- To receive results on time, sample must reach the lab 48 hours prior to departure time- Required items: Travel itinerary copy & other items requested by the testing lab pic.twitter.com/KrktBzHcQN— Health Protection Agency (@HPA_MV) August 14, 2020ޓެސްޓުކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވަނީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީްއެމްއެޗް)އާއި ޓްރީ ޓޮޕް ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލުގެ އިތުރަށް، ދެކުނުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި އުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލެވެ. ސަރުކާރު 3 ހޮސްޕިޓާ ކަމުގައިވާ އައިޖީއެމްއެޗްއާއި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޓެސްޓުކޮށްދޭ އަގަކީ 1،534 ރުފިޔާއެވެ. އޭޑީކޭގައި ޓެސްޓުކޮށްދޭ އަގަކީ 1،500 ރުފިޔާއެވެ. އަދި ޓްރީ ޓޮޕް ހޮސްޕިޓަލުން ޓެސްޓު ހަދައިދެނީ 2،000 ރުފިޔާއަށެވެ. ޓެސްޓު ހެދުމަށް ބޭނުންވާ ފަރާތްތަކުން ފުރަން އޮންނަ ވަގުތުގެ 48 ގަޑިއިރު ކުރިން ސާމްޕަލް ދޭންވާނެއެވެ. އަދި ޓެސްޓު ހެދުމަށް ދަތުރުގެ ޓިކެޓު ނުވަތަ އައިޓަނަރީގެ ކޮޕީއެއް ބޭނުންވާނެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ