ހައިވޭގައި އެކްސިޑެންޓެއް ހިނގައި ރޯޑް ޑިވައިޑާތައް ހަލާކުވެއްޖެ

ސިނަމާލެ ބްރިޖާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި އެކްސިޑެންޓެއް ހިނގައި ހައިވޭގައި ޖަހާފައި ހުރި ޑިވައިޑާތައް ހަލާކުވެއްޖެ އެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައި ހައިވޭގެ ޔޫ ޓާން ނަގާ ހިސާބުން ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބާރު ސުޕީޑްގައި ދުއްވާފައި ދިޔަ ޕިކަޕެއް ކޮންޓްރޯލު ނުވެގެންނެވެ.
މިއެކްސިޑެންޓްގައި 40 ފޫޓުގެ ރޯޑް ޑިވައިޑާތައް މުޅިން ހަލާކުވެ މުޅި އެހިސާބަށް ޑިވައިޑާގެ އެތިކޮޅުތައް ބުރައިގެން ގޮސް އެކްސިޑެންޓްވި ޕިކަޕަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
ޕިކަޕްގެ ކުރީކޮޅު އެއްކޮށް ހަލާކުވެފައިވީ ނަމަވެސް މިއެކްސިޑެންޓްގައި އެއްވެސް މީހަކަަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ