މިލަންދޫ ކައުންސިލް އިދާރާ ދޮރުމައްޗަށް މަހުގެ ލޭ އަޅައިފި

ށ.އަތޮޅު މިލަންދޫ ކައުންސިލް އިދާރާއަށް ވަންނަ ދޮރު ކައިރިއަށް މަސްތަކެއްގެ ލޭ އަޅައިފިއެވެ.
ފުލުހުން މިއަދު ވިދާޅުވީ މިލަންދޫ ކައުންސިލް އިދާރާއަށް ވަންނަ ދޮރު މައްޗަށް "މަހު ލޭ" އަޅާފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މިމައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނު 07:00 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މިމައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުން ގެންދާ ކަމަށެވެ.
މިލަންދޫ ކައުންސިލަރަކު ވިދާޅުވީ ކައުންސިލް އިދާރާ އަށް ވަންނަ ދޮރު ކައިރިއަށް މަހުގެ ލޭ އެޅީ ކާކުކަމެއް ނޭނގެއެވެ.
މިމައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ