ޕީއެންސީން ހުށަހެޅިފޯމްތަކުގެ ތެރެއިން ސައްޚަވީ 1900 ފޯމް

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވަން މަސައްކަތްކުރާ ޕީއެންސީ ރަޖިސްޓްރީކުރުމަށް ހުށައެޅި ފޯމްތަކުގެ ތެރެއިން ސައްހަވީ 1950 ފޯމްކަން ހަފްތާ އަށް އެނގިޖެއެވެ.
ހަފްތާ މަޢުލޫމާތުލިބިފައިވާ ގޮތުގައި ޕީއެންސީ ރަޖިސްޓްރީކުރަން ހުށައެޅި 4000 ފޯމްގެ ތެރެއިން ސައްޙަކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ 1950 ފޯމެވެ. އަދި ބާކީ ފޯމްތައް ސައްޙަ ނޫންކަމަށް ކަނޑައަޅާ އަލުން ފޯމް ހުށަހެޅުމަށް ޕީއެންސީ އުފެއްދުމުގައި އިސްކޮށްއުޅުއްވާ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަށް އީސީން އަންގާފައިވާކަން ވަނީ އެނގިފައިވެއެވެ.
ޕީއެންސީގެ އޮފިޝަލަކު ހަފްތާއަށް ވިދާޅުވީ ޕީއެންސީ ރަޖިސްޓްރީކުރުމަށް ހުށައެޅުމުން އިލެކްޝަންސް ކޮމިޝަނުން އެތައް ދުވަހެއްކޮށްފައި ފޯމްތައް ސައްޙަ ނޫންކަމަށް ބުނާއިރު ދާދި ފަހުން ރަޖިސްޓްރީކުރި އެހެން ޕާޓީއެއްގެ ފޯމްތައް ހުށައެޅިތާ ސައުވީސް ގަޑިއިރު ނުވަނީސްވަނީ ރަޖިސްޓްރީކޮށްދީފައެވެ. އަދި އެޕާޓީގެ ފޯމްތައް ސައްޙަކަން ބަލާފައިނުވާކަން އެނގިފައިވާކަމަށްވެސް އެ އޮފޮޝަލް ވިދާޅުވިއެވެ.
ޕީއެންސީ ރަޖިސްޓްރީކުރުމަށް މެމްބަރުން ހަމަކުރުމަށް އެޕާޓީ އުފައްދަން އެދި ހުށައެޅި އަބްދުއްރަޙީމަށް އިލެކްޝަނަސް ކޮމިޝަނުން ހުއްދަދީފައިވަނީ މިދިޔަ މަހުގެ 27 ވަނަދުވަހުއެވެ. އަދި ސައްވިސް ގަޑިއރު ނުވަނީސް 3000 ވުރެ ގިނަ މީހުން ސޮއިކުރިކަމަށް ޕީއެންސީ ބުނިނަމަވެސް 4000 ފޯމް އިލެކްޝަންސް އަށް ހުށައަޅާފައިވަނީ ޖެނުއަރީ މަހުގެ 9ވަނަދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ