ބިލުތަކަށް ފައިސާ ނުލިބޭ މައްސަލައަށް ހައްލު ހޯދަނީ

ކޮންޓްރެކްޓަރުން ދައުލަތުގެ އިދާރާތަކާއި ސަރުކާރު އޮފީސްތަކަށް ފޮނުވާ ބިލުތަކަށް ފައިސާ ނުލިބޭ މައްސަލަ ހައްލުު ކުރަން މަސައްކަތް ކުރާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
އަމީރު މިހެން ވިދާޅުވީ ދައުލަތުގެ އޮފީސްތަކުން ކުރިއަށް ގެންދާ ޕްރޮކިއުމަންޓްތަކާއި ގުޅިގެން ހުށަހެޅޭ ބިޑް ޕްރޮޕޯސަލްތައް އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ބަލައިގަތުމަށް ތައްޔާރުކުރި "ބީލަން ޕޯޓަލް" ލޯންޗު ކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
އަމީރު މިއަދު ވިދާޅުވީ ކޮންޓްރެކްޓަރުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އޮފީސްތަކަށް ފޮނުވާ ބިލްތަކަށް ފައިސާ ލިބިމުގައި ދިމާވާ ދަތިތައް ކަމަށާއި އެކަމަށް ހައްލެއް ހޯދައި ދޭން ބިލް ފޮނުވާ ތާރީހުން ފެށިގެން ފިނޭންސް މިނިސްޓްރީއަށް ޓްރެކް ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމުގެ މަޝްވަރާތައް ފަށައިފައިވާ ކަމަށެވެ.
ރާއްޖޭގެ ބައެއް ކޮންޓްރެކްޓަރުން ބުނެފައިވާ ގޮތުގައި ބައެއް ކޮންޓްރެކްޓްތަކުގައި ސަރުކާރުން ސޮއި ކުރުމަށް ފަހު އެތައް މަހެއް ވެގެންދާއިރު ވެސް ފައިސާ ނުލިބުމުގެ މައްސަލަ ވަރަށް ގިނައިން ދިމާވެ އެވެ. މިހެން ވުމުގެ ސަބަބުން ޕްރޮޖެކްޓްތައް ހުއްޓި މަޝްރޫއުތައް ނިންމަން ގިނަ ދުވަސްވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ