ބިލުތަކަށް ފައިސާ ނުލިބޭ މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތް ކުރާނަން: ފިނޭންސް މިނިސްޓަރު

ކޮންޓްރެކްޓަރުން ދައުލަތުގެ އިދާރާތަކާއި ސަރުކާރު އޮފީސްތަކަށް ފޮނުވާ ބިލުތަކަށް ފައިސާ ނުލިބޭ މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އަމީރު މިހެން ވިދާޅުވީ ދައުލަތުގެ އޮފީސްތަކުން ކުރިއަށް ގެންދާ ޕްރޮކިއުމަންޓްތަކާއި ގުޅިގެން ހުށަހެޅޭ ބިޑް ޕްރޮޕޯސަލްތައް އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ބަލައިގަތުމަށް ތައްޔާރުކުރި ބީލަން ޕޯޓަލް ލޯންޗު ކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކޮންޓްރެކްޓަރުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އޮފީސްތަކަށް ފޮނުވާ ބިލްތަކަށް ފައިސާ ލިބިމުގައި ދިމާވާ ދަތިތައްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އަދި އެކަމަށް ހައްލެއް ހޯދައި ދޭން ބިލް ފޮނުވާ ތާރީހުން ފެށިގެން ފިނޭންސް މިނިސްޓްރީއަށް ޓްރެކް ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމުގެ މަޝްވަރާތައް ކުރަން މިހާރު ފަށާފައިވާކަމަށް ވެސް މިނިސްޓަރު މައުލޫމާތުދެއްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ