އިތުރު 81 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން މިއަދު އިތުރު 81 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 20 މީހުންނާއި އަތޮޅުތަކުން 44 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން 17 މީހުންކަމަށެވެ. މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 76،627 އަށް ވަނީ އަރާފަ އެވެ. މިވަގުތު ބަލި ޖެހިފައިތިބި 2601 މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދަނީ 18 މީހުންނަށެވެ. މިހާތަނަށް ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 73،795 އެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވި މީހުންގެ އަދަދަކީ 219 މީހުންނެވެ. މާލެއިން ފެންނަ ކޭސްތަކުގެ އަދަދު އިއްޔެ މަތިނަމަވެސް މިއަދު ވަނީ އެ އަދަދު ދަށްވެފައެެވެ. އެހެންނަމަވެސް އަތޮޅޮތަކުން ކޭސްތައް ފެންނަ މިންވަރު އަންނަނީ އިތުރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ