ރާއްޖޭގައި ޑިޖިޓަލް ފައިސާ ތައާރަފުކުރަން މަޝްވަރާކުރަނީ

ރާއްޖެއަށް "ޑިޖިޓަލް ރުފިޔާ" އެއް އުފެއްދުމާ ގުޅޭ ގޮތުން އެކި ލެވެލްތަކުގައި މަޝްވަރާކުރަމުން އަންނަ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވެއްޖެ އެވެ.
އަހުމަދު އިމާދު މިހެން ވިދާޅުވީ މާލީ ދާއިރާގެ އިސް ފަރާތްތަކަށް އަމާޒުކޮށްގެން ޕެންޝަން އޮފީހުން ބޭއްވި މޯލްޑިވްސް ފައިނޭންޝަލް ފޯރަމްގަ އެވެ. އިއްޔެ ހެނދުނު ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދިޔަ ފޯރަމުގައި ޕެނަލިސްޓެއްގެ ގޮތުގައި ވާހަކަދައްކަވަމުން އެމްއޭއޭގެ ޑެޕިއުޓީ ގަރަވަރުނަރު އަހުމަދު އިމާދު ވިދާޅުވީ އެތެރޭގެ ރީޓެއިލް ޕޭމަންޓް ސިސްޓަމްތަކަށް ހަލުވިމިން ގެނެވޭނެ ގޮތްތަކާ މެދު މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ މާލީ ދާއިރާ ކުރިއަށް ގެންދެވޭނީ، ކްރިޕްޓޯ އާއި އެ ނޫން ވެސް ޑިޖިޓަލް ފައިސާއާ އެކު ކަމަށެވެ. އެއާ އެކު ފައިސާ ދޫކުރުމާއި ފައިސާ ހޯދުމުގައި އީޖާތީ އާ ގޮތްތަކަށް ފުރުސަތު ފަހިވެ، މާލީ ދާއިރާ އެހެން ލެވެލްއަކަށް ފުޅާކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ އެ މަޝްރޫއުގެ އެންމެ ފުޅާ ކޮންސެޕްޓަކީ އޯޕެން ފައިނޭންސިން ކަމަށާއި އެކަމާ ގުޅޭ ގޮތުން ބޭންކުތަކާ އެކު މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ. އަދި ބޭންކިން މޮޑިއުލަށް ބުރުލެއް ނާރާ ގޮތަށް އެ މަސައްކަތް ކުރެވޭނެ ގޮތްތަކަކަށް މަޝްވަރާކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން އޭނަ ވިދާޅުވީ މަޝްވަރާތަކުގެ ތެރޭގައި ޓޯކަނައިޒްކޮށް ފައިސާ ޓްރާންސްފާ ކުރެވޭނެ ގޮތެއް ބަލަމުން އަންނަ ކަމަށާއި ރާއްޖޭގައި ބޭނުންކުރާ ފައިސާގެ 94 ޕަސެންޓަކީ ޑިޖިޓަލްކޮށް ބޭނުންކުރާ ފައިސާ ކަމަށެވެ.
އޭނާ ވިދާޅުވީ މާލީ ދާއިރާ ކުރިއަށް ގެންދެވޭނީ، ކްރިޕްޓޯ އާއި އެ ނޫން ވެސް ޑިޖިޓަލް ފައިސާއާ އެކު ކަމަށެވެ. އެއާ އެކު ފައިސާ ދޫކުރުމާއި ފައިސާ ހޯދުމުގައި އީޖާތީ އާ ގޮތްތަކަށް ފުރުސަތު ފަހިވެ، މާލީ ދާއިރާ އެހެން ލެވެލްއަކަށް ފުޅާކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
"މިފަދަ ކަމެއް ކުރާއިރު މުޅި ނިޒާމަށް އިތުބާރު ހޯދަންޖެހޭ. އެފަދަ ކަންކަން ކުރުމަށް ރެގިއުލޭޓަރީ ފްރޭމްވޯކްތައް ހެދިފައި ހުންނަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
އިމާދު ވިދާޅުވީ ރެގިއުލޭޓަރީ ސޭންޑްބޮކްސްތައް" ބިނާކުރަން، ސަރުކާރުން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ނިޒާމު ގާއިމްކުރެވިގެން ދިއުމާ އެކު ޑިޖިޓަލް ރުފިޔާ އިޖާދުކުރުމުގެ މަސައްކަތް ފަސޭހަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ