މެއި މަހު ޕީޖީން 263 މައްސަލައެއްގައި ދައުވާ އުފުލި

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ނިމުނު މެއި މަހު ޖުމްލަ 263 މައްސަލައެއް ކޯޓުތަކަށް ހުށަހެޅި ކަމަށް އެއޮފީހުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޕީޖީ އޮފީހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ހުސްވި މެއި މަހު އެއޮފީހަށް ޖުމްލަ 143 މައްސަލައެއް އަލަށް ހުށަހަޅާފައިވެއެވެ. އަދި އެކި މައްސަލަތަކުގައި ތަހުގީގީ އިދާރާތަކަށް 447 ފަހަރެއްގެ މަތިން ގާނޫނީ ލަފާދީފައިވާ ކަމަށާއި އެކި ކުށްކުށުގައި ޖުމްލަ 263 މައްސަލައެއްގެ ދައުވާ ވަނީ ކޯޓުތަކަށް ހުށަހަޅާފައި ކަމަށް ތަފާސްހިސާބުތަކުންދައްކައެވެ.
މީގެ އިތުރުން އެއޮފީހުގެ ވަކީލުން ޖުމްލަ 1150 އަޑުއެހުންތަކަށް ހާޒިރުވެފައިވެއެވެ. މިއީ އޭޕްރިލް މަހާ އަޅާބަލާއިރު ދަށް އަދަދެކެވެ. އޭޕްރިލް މަހުގެ އެ އޮފީހުގެ ވަކީލުން ވަނީ ޖުމްލަ 2،710 އަޑުއެހުމަކަށް ހާޒިރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ