އެމްޑީޕީގެ މުޒާހަރާއެއްގައި ވޭބް ބޮއިއުޅޭ އުމައިރު ކިޔާ ކުއްޖެއްގެ ނަންވެސް ގަނތް އަޑެއް އެހި މީހަކު އުޑުބަޅުކުރެއްވި ހިސާބުގައި އަދިވެސް ނޫޅެއެވެ. ވޭޕް މަނާކުރީ ރައީސްގެ ދަރިއަކު ވޭޕް ބޯތީ އެކަން ނުހުއްޓެވިގެން ކަމަށް މުޒާހަރާއެއްގައި ބުނުމަކީ ރައީސްގެ 18 އަހަރު ނުވާ ވަކި ދަރިއެއްގެ އަބުރު ނަގާލުން ކަމަށް ބެލެވޭނެ ހަމައެއް ނުއޮންނާނެއެވެ. އެބުނި ބުނުން ރައީސްގެ ދަރިއަކަށް ރައްދުވިޔަސް އެއީ ކޮން ދަރިއެއްކަމެއް މުޒާހަރާގައި ބުނެފައެއް ނުވެއެވެ.
އަނެއްކޮޅުން ވޭޕަކީ 18 އަހަރު ނުފުރޭ ކުދިން އެކަނި ބޮއެ އުޅޭ އެއްޗެއް ނޫނެވެ. ކޮންމެ އުމުރެއްގެ ކޮންމެ ޖިންސެއްގެ މީހަކުވެސް ބޮއެއުޅޭ އެއްޗެކެވެ. ރައީސް މުއިއްޒަށް ނިސްބަތްވާ 18 އަހަރު ފުރިފައި ވެސް ދަރިއަކު ހުރެއެވެ. އެހެންކަމުން މުޒާހަރާގައި އެ އިޝާރާތްކުރީ އުމުރުން 18 ނުފުރޭ އުމައިރު ކަމަށް ވާނީ ކިހިނެއް ހެއްޔެވެ. މުއިއްޒުގެ އުމައިރު ވޭޕް ބުއިން ހުއްޓާ ނުލައިގެން ރާއްޖެއަށް ވޭޕު އެތެރެކުރުމާއި ގެންގުޅުމާއި ވިއްކުމާއި ބުއިން މަނާ ކުރިކަމަށް ބުނީ ކާކު ކޮން އިރަކު ހެއްޔެވެ.
މުއިއްޒުގެ 18 ނުފުރޭ ފިރިހެން ދަރިފުޅު އުމައިރުގެ ބޮލަށް އެކަން ކަނޑާލާ އެކަން ސާޖިދާ ލިބިގަނެ އަމިއްލަ ދަރިފުޅު (އުމައިރު)ގެ ވާހަކަ އާއްމުކޮށް ދެއްކީ ސާޖިދާއާއި ސާޖިދާގެ ވަކީލެވެ. މުއިއްޒާ ސާޖިދާގެ 18 އަހަރުނުވާ އުމައިރު ކިޔާ ފިރިހެން ދަރިއަކު ހުންނަކަމާއި އެ އުމައިރަކީ ވޭޕްބޮއި އުޅޭ ކުއްޖެއްކަމަށް ތުހުމަތުވާ ގޮތަށް ގިނަ ބަޔަކަށް އެކަން އެނގިގެން ދިޔައީ ސާޖިދާއާއި އާޒިމާގެ ފުށުންނެވެ.
އެމްޑީޕީގެ މުޒާހަރާގައި މަންދި ޒުބައިރާއި މާޒު ސަލީމް ވޭޕާ ގުޅުވައިގެން ދެއްކި ވާހަކައަކުން އެއީ މުއިއްޒުގެ ދަރި އުމައިރުގެ ވާހަކަކަމެއް ނޭގެއެވެ. މަންދި ޒުބައިރާއި މާޒު ސަލީމް ވޭޕާ ގުޅުވައިގެން އެދެއްކީ މުއިއްޒުގެ 18 އަހަރު ނުފުރޭ ދަރި އުމައިރުގެ ވާހަކަކަން އާއްމުކޮށް ކަށަވަރުކޮށް ދިނީ އުމައިރުގެ މަންމަ ސާޖިދާ މުހައްމަދާއި އޭނާގެ ވަކީލު އާޒިމާ ޝުކުރެވެ.
ސާޖިދާއާއި މުއިއްޒުގެ 18 އަހަރު ނުފުރޭ އުމައިރުގެ ގެއްލުވާލީ މަންދި ޒުބައިރާއި މާޒު ސަލީމެއް ނޫނެވެ. އުމައިރުގެ ގެއްލުނު އެއްޗެއް ނަގާލި މީހަކީ ސާޖިދާއެވެ. މުއިއްޒުގެ އުމަރުގެ އަބުރު ގެއްލިގެން ބަދަލެއް ދޭންޖެހެންޏާ ދޭންޖެހޭނީ ސާޖިދާއެވެ. ދަރީގެ އަބުރު ނަގާލި އަމާ ދޭން ނުޖެހޭ ބަދަލެއް ވޭޕް މައްސަލައިގައި އެހެން މީހެއްގެ އަތުން ސާޖިދާއަށް ނެގުމުގެ ހައްގެއް އޮވެގެން ނުވާނެއެވެ.
ސާޖިދާއަށް: ބަދަލު ދޭންޖެހޭނީ ދަރީގެ އަބުރުނަގާލި އަމާ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ