ބިންވެރިޔާ ސްކީމުގެ ސްކީމުގެ ދަށުން އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯއްޗެއް ލިބިފައިވާ ނަމަ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ދޫކުރެވޭނީ އެ ގޯއްޗެއް ދޫކޮށްލަން އެއްބަސްވުމުން ކަމަށް ކަނޑައެޅުމަށް އެ ނިންމުން ސަރުކާރުން އަނެއްކާ މިރޭ ބަދަލުކޮށްފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީ އިން ބުނީ، އެ މިނިސްޓްރީގެ ނިންމުން ބަދަލު ކުރީ ރައްޔިތުންގެ ވަރަށް ގިނަ ޝަކުވާ ސަރުކާރަށް ލިބުމުން ކަމަށެވެ. އަދި ބިންވެރިޔާ ސްކީމުގެ ދަށުން ލިބިފައިވާ ބައެއް ގޯތިތައް ބިނާ ކުރަން ވަގުތު ނަގާނެތީ އެކަމަށް ވެސް ރިއާޔަތްކޮށްފައިވާނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.
"ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބިން ދޫކުރުމަށް ހަމަޖެހިފައިވާ ހުޅުމާލެ ފޭސް ތިނެއް އަދި ގިރާވަރުފަޅު ހިއްކުމުގު މަސައްކަތް ކުރިއަށްދާތީ އާއި ހިއްކާފައިވާ ބައެއް ބިންތަކުގައި އިމާރާތްކޮށް ދިރިއުޅެން ފެށުމަށް ވަގުތުނަގާނެތީ، ހަވާލާދީފައިވާ މި މިނިސްޓްރީގެ އިއުލާނުގެ ދެ ވަނަ ނަންބަރުގެ ށ. އަށް އަމަލުނުކުރުމަށް ނިންމާފައިވާ ކަމުގައި ދެންނެވިން،" މިނިސްޓްރީ އިން ބުންޏެވެ.
މެއި 29، ގައި ކޮންސްޓްރަކްޝަން މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ "ބިންވެރިޔާ ސްކީމުން އެމީހެއްގެ އަނބިމީހާ/ފިރިމީހާއަށް ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން މި [ގެދޮރުވެރިޔާ] ސްކީމުން ފުލެޓު ލިބޭނީ، ބިންވެރިޔާ ސްކީމުން އެމީހެއްގެ އަނބިމީހާ/ފިރިމީހާއަށް ލިބިފައިވާ ގޯތި ދޫކޮށްލަން އެއްބަސްވާ ފަރާތްތަކަށް" ކަމަށެވެ.
އެއީ ގެދޮރުވެރިޔާ ސްކީމަށް ހުޅުވާލި އިރު ކުރިމަތިކޮށްފައި އޮތް ޝަރުތެއް ނޫނެވެ. އެހެންވެ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބުނު މީހުން ދިޔައީ އެކަމާ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެންމެ ފުރަތަމަ ދޫކުރާ 4000 ފްލެޓު ދޫކުރުމުގެ މަސައްކަތް މި ފެށޭ ހަފުތާގައި ކުރިއަށްދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭނެ މީހުންގެ ލިސްޓު ބާތިލު ކުރަން މި ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރި އެވެ. އެކަމަކު، އެންމެ ފަހުން ނިންމީ ކުރީ ސަރުކާރުން އެކުލަވައިލި ލިސްޓަށް ފްލެޓު ދިނުމަށެވެ. އެހެން ނިންމި ނަމަވެސް ސަރުކާރުން ދަނީ ފްލެޓު ދޫކުރުމުގެ ޝަރުތުތަކަށް ބަދަލު ގެންނަމުންނެވެ.
ބިންވެރިޔާ ސްކީމުން އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯތި ލިބިފައި އޮތަސް ފްލެޓް ދޫކުރަން އަލުން ނިންމައިފި ބިންވެރިޔާ ސްކީމުން އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯތި ލިބިފައި އޮތަސް ފްލެޓް ދޫކުރަން އަލުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ