އިންސާނިއްޔަތާ ޚިލާފު އެއްވެސް އަމަލެއް ކުރައްވާފައި ނުވާނެ ކަމަށް ޙަސީނާ ވިދާޅުވެއްޖެ

މިދިޔަ އަހަރު ބަންގަލްދޭޝްގައި ހިނގި ހަމަނުޖެހުންތަކުގައި އިންސާނިއްޔަތާ ޚިލާފު އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށް ވެރިކަމުން ދުރުކޮށްފައިވާ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚު ޙަސީނާ ވިދާޅުވެއްޖެއެވެ. ހަސީނާގެ މައްޗަށް ތުހުމަތު ކުރެވެނީ އެކަމަނާގެ ޚުދުމުޚުތާރު ވެރިކަމާ ދެކޮޅަށް ގިނަ ބަޔަކު އެއްވެ ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި އެތައް ސަތޭކަ މީހުން މަރާލާފައިވާކަމުގެ ތުހުމަތެވެ. ޙަސީނާ ވަނީ އެއްވެ ތިބި މީހުންގެ ގަޔަށް ބަޑި ޖަހަން ސަލާމާތީ ބާރުތަކަށް އަމުރުކުރައްވާފައި ކަމަށްވެސް ތުހުމަތު ކުރެއެވެ. ނަމަވެސް އެގޮތަށް ކަން ނުކުރާ ކަމަށް ޙަސީނާ ވަނީ ވިދާޅުވެފައެވެ. "އަޅުގަނޑު އިންކާރެއް ނުކުރަން ހާލަތު ކޮންޓްރޯލުން ނައްޓައިގެން ދިޔަ ކަމަކަށް، އަދި އެތައް ބައެއްގެ ފުރާނަ ގެއްލުނު ކަމަކަށް. ނަމަވެސް ދުވަހަކުވެސް ހަތިޔާރު ނެތް އާންމުންގެ ގަޔަށް ބަޑިޖަހަން އަމުރެއް ނުކުރަން." ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ޙަސީނާ ވިދާޅުވިއެވެ. ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަހަރު ކުރީކޮޅު އެ ނޫހުން ޔަގީންކުރި ފޯނު ކޯލެއްގެ ލީކުވި އޯޑިއޯ އެއްގައި, 2024 ވަނަ އަހަރުގެ ޖުލައި މަހު ބާރުގަދަ ހަތިޔާރު ބޭނުންކުރަން ޙަސީނާ ވަނީ ހުއްދަ ދެއްވާފައެވެ. މިދިޔަ އަހަރު އޮގަސްޓް މަހު ފަސް ވަނަ ދުވަހު ފިއްލަވައިގެން ގައުމުން ބޭރަށް ވަޑައިގެން ފަހުން ބީބީސީއަށް ދެއްވި ފުރަތަމަ އިންޓަވިއުގައި ޙަސީނާ ވިދާޅުވީ ޣައިރު ހާޒިރުގައި ކުރިއަށްގެންދިޔަ އޭނާގެ ޝަރީއަތަކީ ސިޔާސީ އިދިކޮޅު ފަރާތްތަކުން ކޮންޓްރޯލްކުރާ ނުރަސްމީ ކޯޓަކުން ކުޅުނު ޑްރާމާއެއް ކަމަށެވެ. ޕީޖީން ދަނީ ޙަސީނާގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ މަރުގެ އަދަބު ދިނުމަށް އެދެމުންނެވެ. ޙަސީނާ ވިދާޅުވީ އެ މައްސަލައިގައި އަންނަ ހޯމަދުވަހު ބާއްވާ ޝަރީއަތަކީ ކުރިން ހުކުމް ކަނޑައެޅިފައިވާ ޝަރީއަތެއް ކަމަށެވެ. ޝަރީއަތާ ގުޅިގެން ވެރިރަށް ޑާކާގައި ވަނީ ސަލާމަތީ ކަންކަން ވަރަށް ވަރުގަދަކޮށްފައެވެ. ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވުމަށް އިންޑިއާއިން އެނބުރި ވަޑައިގަތުމަށް ކުރީގެ ޙަސީނާ ވަނީ ދެކޮޅު ހައްދަވާފައެވެ. ޙަސީނާ ވެރިކަމުން ދުރުކުރި ސަރުކާރާ ދެކޮޅު ދަރިވަރުންތަކެއް އިސްވެ ތިބެ ކުރި މުޒާހަރާތަކުގައި މަރުވި މީހުންގެ ގާތްތިމާގެ މީހުންނަށް މިއީ ވަރަށް މުހިންމު ދަނޑިވަޅަކަށްވާނެއެވެ. އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ތަހުގީގު ކުރާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި ވެރިކަން ދެމެހެއްޓުމަށް ކުރި ނާކާމިޔާބު މަސައްކަތުގައި ޙަސީނާ އާއި އޭނާގެ ސަރުކާރުން މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ދިން ހަމަލާތަކުގައި 1،400 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ޙަސީނާގެ މައްޗަށް ރަސްމީކޮށް ދައުވާ އުފުލާފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި އިތުރު ދެ މީހަކާ އެކުގައެވެ. އެއީ ކުރީގެ ހޯމް މިނިސްޓަރު އަސަދުއްޒާމާން ޚާން ކަމާލް އާއި ކުރީގެ އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް ޗައުދަރީ އަބްދުﷲ އަލް މާމުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ