ޖަޕާނުން ދޭ ޖޭޑީއެސް ސްކޮލާޝިޕާ ބެހޭ މައުލޫމާތު ސެޝަން މި މަހު 16 އާއި 19 ގައި
ދިވެހި ސަރުކާރުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ޖަޕާނުން ހިންގާ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލާޝިޕް ޕްރޮގްރާމް (ޖޭޑީއެސް)ގައި ބައިވެރިވުމަށް ބޭނުންވާ މައުލޫމާތު ދިނުމުގެ ސެޝަންތައް މި މަހު 16 އަދި 19 ވަނަ ދުވަހު ކުރިއަށްގެންދަން ނިންމައިފިއެވެ. ރާއްޖޭގައި ހުންނަ ޖަޕާނު ސަރުކާރުގެ ޕްރޮޖެކްޓް އޮފީހުން މިކަމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ބުނީ، މި ސްކޮލަޝިޕް ޕްރޮގްރާމާ ބެހޭ މައުލޫމާތު ސެޝަންތައް މި މަހު 16 އަދި 19 ވަނަ ދުވަހު ބާއްވާނެ ކަމަށެވެ. މި ސެޝަން އޮންނާނީ: (ފޭސް ޓު ފޭސް): 16 އޮކްޓޫބަރު ހަވީރު 4:30 އިން ހަވީރު 5:30 އަށް މަރްކަބް ޕްލާޒާ (ނުވަވަނަ ފަންގިފިލާގެ ކޮންފަރެންސް ރޫމް) ގައި (އޮންލައިން): 19 އޮކްޓޫބަރުގެ ހަވީރު 4:00 އިން ހަވީރު 5:00 އަށް މި ސެޝަންތަކުގައި ބައިވެރިންނަށް ޖޭޑީއެސް ޕްރޮގްރާމްގެ ފުރިހަމަ އޯވަވިއުއެއް ލިބޭއިރު، އޭގެ ތެރޭގައި މި ސްކޮލާޝިޕަށް ޝަރުތު ހަމަވުމަށް ކަނޑައަޅާފައިވާ މިންގަނޑާއި، ކިޔެވުމުގެ ދާއިރާތަކާއި، އެޕްލިކޭޝަން މަރުހަލާ ހިމެނޭނެއެވެ. އަދި، މި ސެޝަންތަކުގައި ކުރީގެ ދަރިވަރުން މައުލޫމާތު ދިނުމަށް ހަަމަޖެހިފައިވާ ކަމަށް ޖޭޑީއެސްގެ އިދާރާއިން ބުނެފައިވެއެވެ. އެގޮތުން، ޖަޕާނުގައި ކިޔެވުމުގެ ތަޖުރިބާއާއި ރާއްޖެއަށް އެނބުރި އައުމަށް ފަހު މަސައްކަތުގެ ދާއިރާއިން ލިބުނު ކުރިއެރުމާ ބެހޭގޮތުން އެ ދަރިވަރުން މި ސެޝަންތަކުގައި ވާހަކަދެއްކުމަށް ހަމަޖެހިފައިވެއެވެ. https://sun.mv/212128 މި ފުރުޞަތުގެ ބޭނުން ހިފުމަށް ޝައުޤުވެރިވާ ހުރިހާ ދިވެހި ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުން މި ސެޝަންގައި ބައިވެރިވެ، އެ ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ޖޭޑީއެސްއިން އެދިފައިވެއެވެ. މި ސެޝަންތަކުގައި ބައިވެރިވުމަށް މި ލިންކް ބޭނުންކޮށްގެން ރަޖިސްޓްރީކުރުމަށް ޖޭޑީއެސްއިން އިރުޝާދުދީފައިވެއެވެ. ޖޭޑީއެސްއަކީ ދިވެހި ސަރުކާރުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ޖަޕާނު ސަރުކާރުން ފަންޑުކޮށްގެން ހިންގާ ސްކޮލާޝިޕް ޕްރޮގްރާމެކެވެ. މި ސެޝަންގައި ސިވިލް ސާވަންޓުންނާއި މިނިވަން މުއައްސަސާތަކާއި ކޯޓުތަކާއި ގާނޫނު ހަދާ މަޖިލީހުގެ އިދާރާތަކުގެ މުވައްޒަފުންނަށް ބައިވެރިވެވޭނެއެވެ. މި ޕްރޮގްރާމާއި ބެހޭ އިތުރު މައުލޫމާތު ޖޭޑީއެސްގެ ވެބްސައިޓް އަދި ފޭސްބުކް ޕޭޖްއިން ލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ